އަމިއްލަ ނަފްސަށާއި ދިރިއުޅުމަށް ރައްކައުތެރިކަން ލިބެން އޮތް މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަމިއްލަ ނަފްސަށާއި ދިރިއުޅުމަށް ރައްކައުތެރިކަން ލިބެން އޮތް މަގު-: މުފްތީ މެންކް

ކީރިތި ޤުރްއާނަށް ބެލިނަމަވެސް އެންމެ ގިނައިން އައިސްފައިވާ އެއް ވާހަކައަކީ ރައްކައުތެރިކަން ހޯދުމުގެ ވާހަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެހެނީ ﷲ ތަޢާލާ މެނުވީ ޙަޤީޤީ ރައްކައުތެރިކަން ދެއްވެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. 

އެހެނަސް ރައްކައުތެރިކަން ހޯދާށޭ ބުނެފިނަމަ ގިނަ ބައަކަށް މާނަކުރެވޭނީ އެއީ ޝައިޠޯނުންގެ ކިބައިން ނުވަތަ ޖިންނިންގެ ކިބައިން ނުވަތަ އެނޫންވެސް ބިރުވެރި އެއްޗެއްގެ ކިބައިނަ ރައްކައުތެރިކަން ހޯދުނަ ކަމަށެވެ. ނަމަވެސް ރައްކައުތެރިކަން ހޯދުމުގެ މާނައަކީ އެއަށްވުރެ މާފުޅައު މާނައެކެވެ. 

މީސްތަކުންނޭވެ! ރައްކައުތެރިކަން ހޯދަންޖެހޭ ކަންކަމުގެ ތެރޭގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ހިމެނިގެންވެއެވެ. ދިރިއުޅެންކުރާ މަސައްކަތްވެސް ހިމެނިގެންވެއެވެ. ތިމާ އާއި ގުޅުންހުރި ހުރިހާ ކަންކަން ހިމެނިގެންވެއެވެ. 

ރަސޫލް އަކީ އެއްވެސް ކަމެއްގައި ރައްކައުތެރިކަން ބޭނުންފުޅުވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. ﷲ ތަޢާލާވަނީ ރަސޫލް އަށް ހުރިހާ ކަމަކުން ރައްކައުތެރިކަން ދެއްވަވައިފައެވެ. އެހެންކަމާއިއެކުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިވަޑައިގަތުމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އަދި އެކަން ރަސޫލް މަސައްކަތްޕުޅު ކުރެއްވެވިއެވެ. 

އެއީ މީސްތަކުންނަށް އެކަމުގެ މުހިންމުކަން ދައްކަވައި ދެއްވެވުމަށެވެ. ޙަދީޘްފުޅުގައިވަނީ ފަތިސް ނަމާދުކޮށްފި މީހާ އެދުވަހު ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގައި ކަމަށެވެ. ހަމައެއާއިއެކު ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ! އަމިއްލަ ނަފްސަށާއި ދިރިއުޅެން ކުރާ މަސައްކަތަށްވެސް އަދި މުޅި ދިރިއުޅުމަށްވެސް ރައްކައުތެރިކަން އެއިރުން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން