އަލަށް އިސްލާމްވި ޒުވާން އަންހެނަކު ކުޑަކުއްޖަކަށް ހުއްޓާ ފެނުނު އާދައާ ޚިލާފް ހުވަފެނުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަލަށް އިސްލާމްވި ޒުވާން އަންހެނަކު ކުޑަކުއްޖަކަށް ހުއްޓާ ފެނުނު އާދައާ ޚިލާފް ހުވަފެނުގެ ވާހަކަ-

އަހުރެންގެ މިވާހަކަ އަޑުއަހަން ނުވަތަ ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެކަމަކު މިކިޔައިދެނީ ހަޤީޤަތަށެވެ. 

އެއިރު އަހުރެންގެ ޢުމުރަކީ 11 އަހަރެވެ. އެއްރޭ ހުވަފެނުގައި ފެނުނީ ބައަކާއި ބައްދަލުވަނިކޮށެވެ. އެމީހުންގެ އެންމެ ކުރީގައި ހުރީ ފިރިހެނެކެވެ. އެމީހާގެ މޫނަށް ބަލާކަށް ނުކެރުނެވެ. އެއީ އެއީ އޭނާގެ ދެލޯ "ވިދާތީ" އެވެ. 

އެމީހުން ހުށަހެޅީ އެމީހުންގެ ޖަމާޢަތުގައި ބައިވެރިވުމަށެވެ. އެމީހުން ބުނީމާ އެމީހުން ލައިގެން ތިބިފަދަ ހެދުމެއްވެސް ލީމެވެ. ޝަހާދަތް ލައިދިނުމުން ޝަހާދަތްވެސް ކީމެވެ. 

އެއިގެ އަހަރުތަކެއް ފަހެވެ. އަހުރެން އިސްލާމްދީން އުނގެނި އިސްލާމްވާން ނިންމުމުން ޝަހާދަތް ކިޔަން ދަސްކުރިއިރު ޝަހާދަތް ކިޔަން ފެށުމުން ކުރިން ފެނުނު ހުވަފެންމަތިން ހަނދާންވިއެވެ. މިއީ ކުރިން ހުވަފެނުގައި ކިޔާފައިވާ އެއްޗެއްކަން ހަނދާންވިއެވެ. 

މިއީ އަލަށް އިސްލާމްވި ޒުވާން އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ވިސްނަވާށެވެ. އޭނާއަށް ކުޑަ އިރު ހުވަފެނުގައި އެފެނުނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢލައިހި ވަސައްލަމަ ކަމުގައިވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

މިއަދު އޭނާ އެވަނީ ﷲ ތަޢާލާގެ ދީނުގައެވެ. ހުވަފެނުގައި ކިޔުމަށްފަހު އެކަން ހަނދާން ނެތިހުރެނަމަވެސް މިހާރު އެވަނީ ޤަޞްދުގައި ޝަހާދަތް ކިޔައި އިސްލާމްވެފައެވެ. ކޮންފަދަ މަތިވެރި ނަޞީބެއް ހެއްޔެވެ؟

މިއަދު އޮންލައިން