ހިތާމަކުރަންވީ ތަކްލީފް އުފުލަން ނުޖެހޭނަމައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހިތާމަކުރަންވީ ތަކްލީފް އުފުލަން ނުޖެހޭނަމައެވެ!

މީހަކަށް ތަކްލީފެއް ޖައްސަވައިފިނަމަ އެކަމަކުން ސަލާމަތްވެވޭނެ މަގުތައްވެސް ލައްވަވަތެވެ. ވަޤުތުވެސް ކަނޑައަޅުއްވަވަތެވެ. އަދި އެކަމަކުން އަރައިގަންނަން އެހީތެރިވެދޭނެ ބައަކުވެސް ކަނޑައަޅުއްވަވަތެވެ. ޖުމުލަކޮށްލާފައި ބުނާނަމަ އެކަމުން ސަލާމަތްވެވި އަރައިގަނެވޭނެ ހުރިހާ މަގުތަކެއް ފަހިކޮށް ދެއްވަވަތެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ބައެއް މީހުންނަށް އެއިން އެއްވެސް ކަމެއް ނުއެނގި ކަންބޮޑުވެވެނީ އެމީހާގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. ޢަމަލުތައް ސީދާކޮށް ބަހައްޓާ މީހުންނަށް ކަންކަން ފަސޭހަވެގެންދާނެއެވެ. އެއިރުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިމަތިވި ހުރަސްތަކަށް ކަންބޮޑުނުވެ ހުންނަން ހިތްވަރު ލިބުމެވެ. 

އެކަމަށް ތަކްލީފް އުފުލަންޖެހޭނީ ވަކި މުއްދަތަކަށްކަމާއި މުއްދަތު ހަމަވުމުން ތަކްލީފް ފިލައިގެންދާނެކަން ޤަބޫލުކުރެވޭނެތީއެވެ. ޙަޤީޤަތުގައި އެޘާބިތުކަން މީހުންނަށް ލިބިގެންދާނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަން ހުރިނަމައެވެ. ތަޤްވާވެރިކަން ހުރިވަރަކުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަކްލީފް އުފުލަން ނުޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ. އެއިރުން ދިމާވާ ގޮތަކީ ތަކްލީފް އުފުލައިގެން ލިބެން އޮތް ޘަވާބު ނުލިބި މަޙްރޫމްވަނީއެވެ. ވީމާ ތަކްލީފް އުފުލަންޖެހުމަކީ މުޞީބާތެއް ކަމަށް ނުދެކޭށެވެ. ހިތާމަކުރަންވީ ތަކްލީފް އުފުލަން ނުޖެހުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން