މީސްތަކުންނަށް އެހީތެރިވުމަށްވުރެ ފައިދާހުރިކަމެއް ނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީސްތަކުންނަށް އެހީތެރިވުމަށްވުރެ ފައިދާހުރިކަމެއް ނެތެވެ!: މުފްތީ މެންކް

އެއްވެސް މީހަކު ދެރަކޮށް ނިކަމެތިކޮށްނުލާށެވެ! މީސްތަކުންނަށް އެހީތެރިވެދޭށެވެ. އެއިރުން އެމީހަކަށް ލިބެންހުރި ފައިސާތައް މާގިނައެވެ. 

- ތިބާ މީހަކު ބާރުވެރިކުރުވައިފިނަމަ ﷲ ތަޢާލާ ތިބާ ބާރުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ތިބާ މީހަކަށް އެހީތެރިވެދޭށެވެ. ﷲ ތަޢާލާ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ

- ތިބާ މީހަކަށް ތަނަވަސްކަމެއް ލިބޭނެ ދޮރެއް ހުޅުވައިދޭށެވެ (ތަނަވަސްކަން ލިބޭނެ މަގެއް ފަހިކޮށްދޭށެވެ.) ﷲ ތަޢާލާއަށް ތިބާއަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

- ތިބާ މީސްތަކުންނަށް ޤަދަރުކޮށް އިޙްތިރާމްކުރާށެވެ! ﷲ ތަޢާލާ ތިބާގެ ޤަދަރު މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

މީހަކު ކަނޑައެޅިގެން މުންކަރާތްތައް ފަތުރާނަމަ އެމީހަކަށް ވާގިވެރިވެ، އޭނާގެ ޤަދަރު އުފުލިގެންދާނެ ކަންކަން ކުރާކަށް ނުބުނެއެވެ. އެފަދަ މީހުންނަށްވެސް ރިވެތިގޮތުގައި މުޢާމަލާތުކޮށް އޭނާ ކުރާ ނުބައިކަންކަން ކުރުން ހުއްޓާލަން ނަޞޭޙަތްދޭށެވެ. އަދި އެމީހަކަސްޓަކައި ހެޔޮދުޢާކުރާށެވެ! 

އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. މީސްތަކުންނަށް ރަޙުމްކޮށް އޯގާތެރިވުމަށެވެ. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ. 

ދެން އޮތީ އެންމެ އުފާވެރި ޚަބަރެވެ. ނުވަތަ އެންމެ އުފާވެރި ވާހަކައެވެ. އެހެން މީހުންނަށް އެހީތެރިވެ، މީސްތަކުންނަށް ކަންކަން ލުއިފަސޭހަކޮށްދީ، އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރުންމަތީގައި ދެމިހުރިހައި ހިނދަކު އެމީހާގެ ބޭނުންތައް ފުއްދަވައިދެއްވެވުންމަތީގައި ﷲ ތަޢާލާ ދެމވޮޑިގެންވެއެވެ. ވީމާ އެއަށްވުރެ ފައިދާހުރި ކަމެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން