ޢާއިޝަތު ރަފާޙް ޢަލީ
· قال رسول الله صلى الله عليه وسلم:تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ صلَّى اللهُ عليهِ وسلَّمَ
މާނައީ: ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ. އެދޭތީގައި ތިޔަބައިމީހުން ހިފާފިނަމަ ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. އެއީ ﷲ ގެ ފޮތާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· قال رسول الله صلى الله عليه وسلم:«أُوصِيكمْ بِتقوَى اللهِ، والسَّمعِ والطَّاعةِ وإنْ تأمَّرَ عليكم عبدٌ حَبَشِيٌّ، وإنَّه مَنْ يَعِشْ منكم فَسَيرَى اختلافًا كثيرًا، فعليكم بِسُنَّتِي وسُنَّةِ الخلفاءِ الراشدينَ المهديينَ، عَضُّوا عليها بالنَّواجذِ، وإيَّاكم ومُحدثاتِ الأمورِ، فإنَّ كُلَّ بِدعةٍ ضَلالةٌ»
މާނައީ: ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި އަޑުއެހުމާއި ކިޔަމަންތެރިވުމަށް ވަޞިއްޔަތް ކުރައްވަމެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ޙަބަޝީ އަޅަކު ވެރިކުރެވުނު ކަމުގައި ވިޔަސް މެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ދިރިހުރެއްޖެނަމަ ފަހެ އޭނާއަށް ގިނަ އިޚްތިލާފްތަކެއް ފެންނާނެއެވެ. އެހިނދު ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ސުންނަތުގައި ހިފުމެވެ. އެގޮތުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އަދި ދީނުގައި އަލަށް އުފެދޭ ކަންތައްތަކުން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން އެގޮތަށް ކުރެވޭ ކޮންމެ އާކަމަކީ މަގުފުރެދުމެކެވެ."
شرح حديث العرباض: عليكم بسنتي وسنة الخلفاء الراشدين (alukah.net)
· قال رسول الله صلى الله عليه وسلم: ( لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ )
މާނައީ: ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. "ބިދުޢަވެރިއެއް، ރޯދައެއް، ނަމާދެއް، ޞަދަޤާތެއް، ޙައްޖެއް، ޢުމްރާއެއް، ޖިހާދެއް، ފަރްޟުނަމާދެއް، ސުންނަތްނަމާދެއް، ﷲ ތަޢާލާ ޤަބޫލު ނުކުރައްވާނެއެވެ. މޮޑެފައިވާ ފުއްގަޑަކުން އިސްތަށްޓެއް ނިކުންނަ ފަދައިން އޭނާ އިސްލާމް ދީނުން ނިކުމެގެން ދެއެވެ."
أحاديث ضعيفة في عدم قبول عمل المبتدع مطلقا - الإسلام سؤال وجواب (islamqa.info)