ބިރުވެތިވޭ! މަރުވުމުންވެސް ޢަޛާބު އިތުރުވާނެ ގޮތަށް މަރުވުމަކީ ވަރަށް ނުރައްކާތެރިކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބިރުވެތިވޭ! މަރުވުމުންވެސް ޢަޛާބު އިތުރުވާނެ ގޮތަށް މަރުވުމަކީ ވަރަށް ނުރައްކާތެރިކަމެއް!: މުފްތީ މެންކް

ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި ނޫނީ މަރުނުވާން އޮތް ބަސްފުޅުގެ މާނައަކީ ކޮބައިކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ! މިޘާލަކަށް ބައެއް މީހުން ކުރާ ސުވާލެކެވެ. "އަހުރެން މަރުވާނެ ގޮތް އަހުރެންނަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ އެކަމާ އަހުރެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟"  

ޖަވާބަކީ ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި މަރުވުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. އެކަމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ނުކުރުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ އަޅެއްގެ ގޮތުގައި ދެމިހުރުމެވެ. އެއިރުން ކޮންމެ ދުވަހަކު ކޮންމެ ވަޤުތަކު ކޮންމެ ސަބަބެއް މެދުވެރިވެގެން، އެކްސިޑެންޓެއްވެ ކުއްލިއަކަށް މަރުވިނަމަވެސް މަރުވާނީ ހެޔޮލަފާ މުސްލިމެއްގެ ގޮތުގައެވެ.  

އެކަމަކު އެއްވާހަކަ ބުނެލާނަމެވެ. މިއަދުގެ ގިނަ ބައަކަށް ކުރިމަތިވާނެ ކަމެއްގެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ބޭނުންކުރާ ޕްރޮފައިލްތަކާއި ލާފޮޓޯތަކާއި ވީޑިއޯތަކާއި ކުރާ ޕޯސްޓްތަކާއި ކޮމެންޓްތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި، އެކަލާނގެ ކުރިމަތިފުޅުގައި ޖަވާބުދާރީވާންޖެހޭނެ ކަންކަން ކަމުގައި އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ.  

ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި މަރުވެވޭނީ އެއިރުންނެވެ. ދީނާ ޚިލާފްވާ ކަންކަން ސޯޝަލް މީޑިއާގައި ކުރެވިފައިވާނަމަ މަރުވުމަށްފަހުގައި ވެސް މީސްތަކުން އެއްޗެތިބަލާވަރަކަށް ދާނީ ފާފަ އިތުރުވަމުންނެވެ. ވީމާ އެއީ ވަރަށް ނުރައްކައުތެރިކަމެކެވެ. ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން