"އަހުރެމެންގެ ގެއަށް ބޮން އެޅުމުން ފުނޑުފުނޑުވެގެން ދިއައިރު އަހުރެންވެސް ގައުތަކުގެދަށުވިއެވެ. އަހުރެން ސަލާމަތްކުރެވުނީ 4 ގަޑިއިރު ފަހުންނެވެ. އަހުރެން އެޙާލުގައި އޮތް އިރު ނޫރެއް (މަލާއިކަތުން) ފެނުނެވެ. އެބޭކަލުންގެ މޫނުފުޅެއް ނުފެނެއެވެ. ފެނުނީ އައްޔެކެވެ.
އަހުރެން ސަލާމަތްކުރަން އައި މީހުންގެ އަޑު އިވުމުން އެދިމާއަށް މޫނުއަނބުރާލާފައި ދެން ބަލއިލިއިރު އެއަލިކަން ވަނީ ގެއްލިފައެވެ."
މިއީ ޣައްޒާއަށް ބޮން އެޅުމުން އަނިޔާލިބި ސަލާމަތްވެވުނު ކުއްޖަކު ބަލިއެނދުގައި އޮވެގެން ބުނެފައިވާ ބަސްކޮޅެއް ކަމަށް ސޯޝަލް މީޑިއާއިން ފެނިފައިވާ ބަސްކޮޅެކެވެ. ވީޑިއޯގައި އެކުއްޖާ މިވާހަކަ ކިޔައިދެނީ ވަރަށް ކަންބޮޑުވެފައި އޮވެގެންނެވެ. ވަރަށް ފުން އިޙްޞާޞްތަކެއް ކުރަމުންނެވެ. ޙަޤީޤަތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ﷲ ތަޢާލާގެ ރަހްމަތްފުޅު ޣައްޒާގެ ރައްޔިތުންނަށް ނުވާނަމަ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް އޮއްސަމުން ގެންދާ ބޮންތަކުގެ ސަބަބުން ޝަހީދުވާ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ.