ނިދުމުން ފުރާނައަށްވާގޮތް އެނގޭނަމަ ބިރުންވެސް ޝުކުރުވެރިވުން ގިނަކުރާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ނިދުމުން ފުރާނައަށްވާގޮތް އެނގޭނަމަ ބިރުންވެސް ޝުކުރުވެރިވުން ގިނަކުރާނެ!: މުފްތީ މެންކް

ކޮންމެ ދުވަހަކުވެސް އަހަރެމެން ނިދުމުން އަހުރެމެންގެ ފުރާނަ އަހުރެމެންގެ ހަށިގަނޑާއި ވަކިވެގެންދެއެވެ. ނިދީގައި ފުރާނަ ނުހިއްޕަވާ މީހުންގެ ފުރާނަ ﷲ ތަޢާލާ އަނބުރާ ހަށިގަނޑަށް ފޮނުއްވަވަތެވެ. ހޭލެވެނީ ފުރާނަ އަނބުރާ ހަށިގަނޑަށް ފޮނުއްވެވިނަމައެވެ.  

ނިދީގައި ތިބާގެ ފުރާނަ ނުހިއްޕަވާނަމަ އެމީހެއްގެ ހަށިގަނޑުގައި ދިރުން ހުންނާނެއެވެ. ހިތް ވިންދުޖަހާނެއެވެ. ނަމަވެސް ހޭލައި ހުންނަ އިރަކާ އެއްގޮތެއް ނުވާނެއެވެ. އެއީ ހަށިގަނޑުގައި ފުރާނަ ނުވާތީއެވެ. ކުރިން މިބުނި ފަދައިން ފުރާނަ ހަށިގަނޑަށް އެނބުރި އަންނާނީ ﷲ ތަޢާލާ ފޮނުއްވެވުމުންނެވެ.  

ދުވަސް މިފެށެނީ އެހިސާބުންނެވެ! ފުރަތަމަވެސް ވިސްނާލަންވީ ހަށިގަނޑަށް ފުރާނަ އަނބުރާ ފޮނުއްވެވި ސަބަބާއިމެދުގައެވެ. އެސަބަބަކީ އެދުވަހަކީ އެމީހެއްގެ މަސައްކަތުން އިތުރަށް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާ ދުވަހަކަށް ހެދުމެވެ. އެކަން ނުކުރެވިއްޖެނަމަ އެމީހަކު އެދުވަހު ފޭލްވީއެވެ.  

ފަތިހު ޙޭލަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. އިތުރު ދުވަހަކަށް ތިމާއަށް ފުރުޞަތު ދެއްވެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުއަދާކުރުމެވެ. ވީމާ ފަތިސްނަމާދުކޮށް ޛިކުރު ނުކުރެވޭނަމަ ޝުކުރުއަދާކުރި މީހަކަށް ނުވެވޭނެއެވެ.  

މަރުވަންދެން ކޮންމެ ދުވަހަކުވެސް ފުރާނަ ހަށިގަނޑަށް އަނބުރާ ފޮނުއްވަވާތީ އެއީ ﷲ ތަޢާލާ އަހުރެމެންނަށް ދެއްވަވާ ކިހައި ބޮޑު ނިޢުމަތެއްކަން ވަޒަން ނުކުރެވެނީއެވެ. އެކަން ވަޒަންކުރެވޭނަމަ ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭނީ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކިޔަމަންތެރިކަން އަދާކުރުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން