އެންމެ ސްމާޓް ފިރިންނަކީ ކޮބާ؟ އެމީހުންގެ ކައިވެންޏެއް ނުރޫޅޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އެންމެ ސްމާޓް ފިރިންނަކީ ކޮބާ؟ އެމީހުންގެ ކައިވެންޏެއް ނުރޫޅޭނެ! އިން ޝާ ﷲ

ކައިވެންޏަށްފަހު ދިރިއުޅުމުގެ ހުރިހާ ކަންކަން ބެލެހެއްޓުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އެކަމަށް އެކަކުވެސް ދެބަހެއް ނުވާނެއެވެ. ވީމާ ފިރިހެނުން ވާންޖެހޭނީ ވަރަށް ސްމާޓް ބައަކަށެވެ. ލީޑަރޝިޕް ނެގޭނެ ބައަކަށެވެ. 

މިޘާލަކަށް ބުނާނަމަ ސްމާޓް ފިރިހެނުން އެމީހުންގެ ސްމާޓްކަން ދައްކަން ޖެހޭނީ ކައިވެންޏަށްފަހުގައި އެކަންޏެއް ނޫނެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެކަން ކުރެވޭނީ ތިމާގެ ހުރި ފެންވަރު ފުރަތަމަ ދުވަހުން ފެށިގެން ދައްކައިގެންނެވެ. 

ބުނަން ހެއްޔެވެ؟ ގިނަ އަންހެނުންނަކީ ކޮންމެހެން އެންމެ އަގުބޮޑު ތަންތަނުން ކައިބޮއިހަދަން ބޭނުންވާ ބައެއް ނޫނެވެ. ވީމާ ފުރަތަމަ ކޮޅުގައި ތިމާގެ ނެތް ފެންވަރު ދައްކަން އަގުބޮޑު ތަންތަނުގައި ބައްދަލުކޮށް ކައިބޮއި ނުހަދާށެވެ. 

އެއިގެ ބަދަލުގައި ތިމާގެ ހުރި ފެންވަރުން އެކަންކުރާށެވެ. ނޫންނަމަ ފަހުން އެކަން ބަދަލުކުރީމާ ޤަބޫލުކުރެވޭނީ މިހާރު ތިމަންނާގެ ބޭނުމެއް ނެތީމާ ފަރުވާކުޑަކުރަނީކަމަށެވެ. ކުރިން ތިމާ ގޮވައިގެން ދިއަ ތަންތަނަށް ދާން ބޭނުން ނުވަނީ ކަމަށެވެ. 

ކައިވެންވެންޏަށްފަހު އެއްޗެތި ގަނެދިނުން ފަދަ ކަންކަމުގައިވެސް ހަމަ މިއުޞުލުން ކަންކަން ކުރާށެވެ. ތިމާގެ ހުރި ފެންވަރުން ކަންކަން ކޮށްދޭށެވެ. ފުރަތަމަ ކޮޅުގައި ނެތް ފެންވަރުން އެއްޗެތި ހޯދާދީފައި ފަހުން ބަދަލުކުރުމުން ވިސްނޭނީ ކުރިން މިބުނި ފަދައިންނެވެ. މިހާރު ލޯބިނުވަނީކަމަށެވެ. 

ސްމާޓް ފިރިހެނަކަށްވުމަށް އެމީހަކީ އެންމެ ތަނަވަސް މީހާކަމަށްވާކަށް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި ވާންޖެހޭނީ ލޯބިދީ އަޅައިލާ މީހަކަށެވެ. ދެމީހުންގެ އޮންނަ ގުޅުމާއި ލޯތްބަށް ބަދަލު ނުގެނެސް އަބަދުވެސް އެއްގޮތަކަށް ހިފަހައްޓައިލެވޭ މީހަކަށެވެ. 

އެންމެ ސްމާޓް މީހުންނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެންމެ ސްމާޓް މީހުންނަކީ ދުވަހެއް ދުވަހަކަށް ލޯތްބާއި އަޅައިލުން އިތުރުކުރަން އެނގޭ މީހުންނެވެ. އެކަން ޢަމަލީ ގޮތުން ކުރެވޭ މީހުންނެވެ. އެފަދަ މީހުންކަމުގައި ދެމަފިރިންނަށްވެސް ވެވިއްޖެނަމަ އެކައިވެންޏެއް ރޫޅިގެނެއް ނުދާނެއެވެ. ދުވަހެއް ދުވަހަކަށް އުފާވެރިކަން ދާނީ އިތުރުވަމުންނެވެ އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން