ﷲ ތަޢާލާގެ ޙަޟްރަތުގަ ދަރަޖަ މަތިވެރިކޮށްލަން ބޭނުން ނުވާނީ ކާކު؟ ޢަމަލުކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ ދަރަޖަ މަތިވެރިކޮށްލަން ބޭނުން ނުވާނީ ކާކު؟ ޢަމަލުކޮށްލަމާ!

ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އެންމެ ބޮޑަށް އުފުލިގެންވުމަށް އެދޭނެ މީހެކެވެ. އެކަން އެދިގެން މަސައްކަތްކުރަން ބޭނުންވާނެވެސް މީހެކެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ދަރަޖަ މަތިވެރިވުން ވަނީ އިމްތިޙާނު ބޮޑުވުމާއި ގުޅިފައެވެ. މާތް الله ބަޔަކު މީހުންދެކެ ލޯބިވެ ވޮޑިގެންފިނަމަ އިމްތިޙާނު ކުރިމަތި ކުރައްވައެވެ. ރުހިއްޖެ މީހަކަށް اللهގެ ރުއްސެވުން ލިބޭނެއެވެ. ނުރުހިއްޖެ މީހަކަށް اللهގެ ނުރުއްސެވުން ލިބޭނެއެވެ."

މިޙަދިޘްފުޅުން އެނގިގެންދާ އެއްކަމަކީ ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ހަމައެކަނި ﷲ ތަޢާލާ އެމީހަކާއި ރުހިވޮޑިނުގަތުމަކުން ނޫން ކަމެވެ. އެމީހަކު ދެކެ ލޯބވޮޑިގެންފިނަމަވެސް އިމްތިޙާންތައް ކުރިމަތިކުރައްވަވާނެ ކަމެވެ.

ދެވަނައަށް އެނގިގެންދަނީ މިންވަރު ކުރެއްވެވި ޙާލަތަށް ރުހި، ޝަކުވާނުކޮށް ދުޢާކުރުންމަތީގައި ސާބިތުވެ ހުރެއްޖެ ނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އަދި ޝަކުވާ ގިނަކުރާނަމަ ނުރުއްސެވުން ލިބޭނެ ކަމެވެ. ވީމާ އޮތީ ޙާލަތާއިމެދު ކަންބޮޑުވުމެއް ނޫނެވެ. ދުޢާކުރުންމަތީގައި ސާބިތުވުމެވެ.

ހަމަ އެއާއިއެކު އެނގިގެންދަނީ ބޮޑެތި މުޞީބާތްތަކަށް ކެތްތެރިވި ވަރަކަށް އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން