ދިރިއުޅުން ކުރިނާރާނަމަ ވިސްނާލަން ޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދިރިއުޅުން ކުރިނާރާނަމަ ވިސްނާލަން ޖެހޭނެ ބައެއް ކަންކަން-

ފާފައަކީ ހަމައެކަނި އެންމެ ބޮޑެތި ޙަރާމް ކަންކަން ކަމަށް ބަލައިގެން ނުފުދޭނެއެވެ. އަދި ބައެއް ފަހަރު ފާފަކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކެގެންވެސް ނުފުދޭނެއެވެ. ފާފަތައް މާގިނައެވެ. އަހަރެމެންގެ ވަށައިގެން މިވަނީ ފާފަތަކެވެ. ސަމާލުނުވެ ކުރިއަށްދާނަމަ ކޮންމެ ފިޔަވަޅެއްވެސް އެޅޭނީ ބޮޑުފާއެއްގައެވެ. އެހައިވެސް ފާފަތައް މިވަނީ ގިނަވެފައެވެ.

ރަނގަޅަށް އަޑުއަހާށެވެ!

ދިރިއުޅުމުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނިގެން އައި މީހެއްގެ ގާތު އޭނާއަށް އެއްވެސް ފާފައެއް ކުރެވޭތޯ ސުވާލުކުރުމުން ބުނީ ނުކުރާ ކަމަށެވެ. ހަނދާންކޮށްކޮށްވެސް އެނާއަށް ފާފައެއް ކުރެވޭކަން ހަނދާނެއް ނުވިއެވެ.

ޓީވީ ބަލަންތޯ ސުވާލުކުރުމުން ބުނީ ޓީވީ ބަލާކަމަށާއި ގިނައިން ބަލަނީ ޚަބަރު ކަމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް ނިވާނުވެ ތިބޭ އަންހެނުން ޚަބަރުކިޔާއިރު މަންޒަރުބަލަންތޯ ސުވާލުކުރުމުން ބުނީ ބަލާކަމަށެވެ.

އަހުރެން ބުނީމެވެ. ނުބަލާށެވެ! ބެލުން ހުއްޓައިލާށެވެ! އަދި ފުރިހަމަ ގޮތުގައި ނިވާވެގެން ނުތިބޭ އަންހެނުން ފެންނަ އެއްވެސް ޕްރޮގްރާމެއް ނުބަލާށެވެ! އެކުރެވެނީ ވެސް ހަމަ ފާފައެކެވެ. އަދި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމަށާއި ޚާއްޞަކޮށް ދަމުނަމާދަށް ސަމާލުކަން ދިނުމަށް ނަޞޭޙަތްތެރިވީމެވެ.

ކޮންމެއަކަސް އެއިގެ އަހަރެއްހައި ދުވަސް ފަހުން އޭނާ އަހުރެންނާއި ބައްދަލުކުރިއެވެ. ބުނީ ދިރިއުޅެން ކުރާ މަސައްކަތް ކުރިއަރަމުން އަންނަ ކަމަށެވެ.

ފާފަކުރުމަކީ ރިޒުޤަށް ހުރަސް އެޅޭ ކަމެކެވެ. އަހަރެމެންނަށް އޮތީ ކުރެވޭ ފާފައިގެ ކުޑަބޮޑު ބަލަން މިންއެޅުމެއް ނޫނެވެ. ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. ރުހިވޮޑިގަތުން ލިބުމުން އެދޭ ކަންކަން މާފުރިހަމައަށް ފުއްދަވައި ދެއްވަވާނެތެވެ.

އަހުރެން ބުނަން އޮތީ އާޚިރަތް މާމުހިންމުކަމެވެ. ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ.

--އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން