އަންހެނުންނާ އެންމެ ގިނައިން ޖިންނި އަވަލާ 3 ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަންހެނުންނާ އެންމެ ގިނައިން ޖިންނި އަވަލާ 3 ސަބަބު-

ފަހަކަށް އައިސް އަންހެނުންނާއި ޖންނި އަވަލުން ގިނަވެފައިވާކަމަސް ބެލެވެއެވެ. އެހެންކަމުން މިކަން މިގޮތަށް މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލައިލާނަމެވެ.

ފުރަތަމަ ކަމަކީ އަމިއްލަ ކޮޓަރީގައި އެކަނިހުރެ ނަމަވެސް ހެދުން ބާލާއިރު ކިޔަންޖެހޭ ޛިކުރު ނުކުޔުމެވެ. ޖިންނިންނަކީވެސް ހަމަ އިންސާނުން ފަދައިން ހިތާވާ އެއްޗެކެވެ. އަވަލައި އުނދަގޫކުރަންވެސް ބޭނުންވާ އެއްޗެކެވެ. ވީމާ ބަރަހަނާކޮށް ފެނުމުން އަވަލަން ޝައުޤުވެރިވަނީއެވެ. ލޯބިވެސްވަނީއެވެ.

ދެވަނަ ކަމަކީ ފާޚާނާއަށް ވަދެނުކުމެވާއިރު ޛިކުރު ނުކިޔުމެވެ. އެހެންކަމުން އެކަންވެސް ވެގެންދަނީ އިންސީންގެ މައްޗަށް ބާރުފޯރުވަން ލިބޭ ފުރުޞަތަކަށެވެ.

ތިންވަނަ ކަމަކީ ލޯބިވެގެން ނަމަވެސް ޢާންމު ތަންތަނުގައި ލޯބިވެރިންނާއިއެކު ގުޅުން ހިންގުމެވެ. އެގޮތަށް އެކަންކަން ކުރާތަން ފެނުމުން އަނހެން މީހާގެ މައްޗަށް ވެރިވެގަންނަން އެއެއްޗެތިވެސް ބޭނުންވަނީއެވެ.

 

ޖިންނި އަވަލުމުން ހަމައެކަނި އަވަލައިގެން ތިބެނީއެއް ނޫނެވެ! އިންސާނުންގެ ހަށިގަނޑުގެ ތެރެއަށްވެސް ވަދެއެވެ. ރުޤްޔާ ކުރުމުން ވެސް ނުކުންނަން ދެކޮޅުހަދައި ހަށިގަނޑުތެރޭގައި އޮންނަން މަސައްކަތްކުރެއެވެ. ރުޤްޔާ ކުރަން ކިޔަވަން ފެށުމުން ބަނޑުތެރޭގައި ދުވާތަނާއި ބަނޑު ފުފޭތަންވެސް ފެންނާނެއެވެ. ގިނަ ފަހަރަށް އެގޮތަށް ނުކުންނަން ދެކޮޅު ހަދަނީ ސިހުރެއްގެ ސަބަބުން ބަނޑަށް ވަންނަ ޖިންނިތަކެވެ.

ވީމާ އޮތީ މިބަޔާންކުރި ކަންކަމަށް ހޭލުންތެރިވުމެވެ. ފުރަތަމަ ބުނި 2 ޙާލަތުގައި ޛިކުރުތައް ކިޔަން ސަމާލުކަން ދިނުމެވެ. 3 ވަނައަށް ބަޔާންކުރި ފަދަ ކަންކަން ނުކުރުމެވެ. ހަމައެއާއިއެކު ރައްކައުތެރިކަން ލިބިގަތުމަށް ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން