ޙަޝްރު ސޫރަތުގައިވާ ބައެއް ވާހަކަ 2

ކިޔުމަށް ހޭދަވާނީ 9މ 36ސ
ޙަޝްރު ސޫރަތުގައިވާ ބައެއް ވާހަކަ 2

ޢާއިޝަތު ރަފާޙް ޢަލީ

 

· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޞަޙާބީންނަށް ޘަނާ ދެންނެވުން : 

ﷲ ތަޢާލާ ޙަޝްރު ސޫރަތުގެ 8، 9 އަދި 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ ﴿٨﴾‏ وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٩﴾‏وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾‏

މާނައީ:  "އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ. (8) އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ. (9) އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (10)" 

· މުނާފިޤުންގެ ވާހަކަ: 

أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ ﴿١١﴾‏ لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنصَرُونَ ﴿١٢﴾‏ لَأَنتُمْ أَشَدُّ رَهْبَةً فِي صُدُورِهِم مِّنَ اللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴿١٣﴾‏

މާނައީ: "منافق ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ أهل ވެރިންކުރެ كافر ވެގެންތިބި އެއުރެންގެ أخ ންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނޫއެވެ. އަދި ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންނަށް نصر ދޭހުށީމުއެވެ. ހަމަކަށަވަރުން އެއުރެންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެތެވެ. (11) ހަމަކަށަވަރުން، އެއުރެން ނެރެލައިފިނަމަ، އެއުރެންނާއެކު އެއުރެންނެއް ނުނިކުންނާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނާ ހަނގުރާމަކޮށްފިނަމަ، އެއުރެންނަކަށް އެއުރެން نصر އެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދިނުމަށް ނުކުތަސް، އެއުރެން ފުރަގަސްދީ ފިލަންދުވާނެކަން ކަށަވަރެވެ. ދެން އެއުރެންނަކަށް (އެއްވެސް ފަރާތަކުން) نصر އެއް ނުލިބޭނެތެވެ. (12) އެއުރެންގެ ހިތްތަކުގައި اللَّه އަށްވުރެން ތިޔަބައިމީހުންދެކެ ގަންނަ ބިރު ބޮޑުކަން ކަށަވަރެވެ. އެއީ އެއުރެންނީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ. (13)"

މިއަދު އޮންލައިން