ލޮލުން ވައްޓައިލެވޭ އެންމެ ކަރުނަ ތިއްކަކުން ސުވަރުގެ ޔަޤީންކުރެވެން އެބައޮތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލޮލުން ވައްޓައިލެވޭ އެންމެ ކަރުނަ ތިއްކަކުން ސުވަރުގެ ޔަޤީންކުރެވެން އެބައޮތެވެ!: މުފްތީ މެންކް

ލޯބިވެރިޔާ ރުޅިވެއްޖެނަމަ ހިތާމަކޮށް ކަރުނައަޅަމުއެވެ. އެކަމަށް ދެރަވެ ހިތާމައިގައި އެތައް ދުވަހެއްވަންދެން ކަރުނައަޅަމުއެވެ. 

ދެން ނިކަން ބުނެބަލާށެވެ! މައިމީހާގެ ބަނޑުގައި ތިބާ ލައްވަވައި 9 މަހަށްވުރެ ގިނަ ދުވަހު ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަން ތިބާއަށް ފުރިހަމަކޮށްދެއްވަވައި މީހުން ދެކެ ލޯބިވާނެ ހިތް ތިބާއަށް ދެއްވެވި ﷲ ތަޢާލާއަށް އުރެދިފައި ހިތާމަކޮށް ކަރުނައަޅަމުހެއްޔެވެ؟ ތިބާ ދުނިޔެއަށް އުފަން ނުކުރެއްވެވިނަމަ ތިބާ އެއްވެސް މީހަކު ދެކެ ލޯބިވާނީ ކިހިނަކުންނެއްޔެވެ؟ ތިބާގެ ހިތުގައި ލޯބިވުން ނުލެއްވެވިނަމަ ތިބާއަށް އެއްވެސް މީހަކު ދެކެ ލޯބިވެވުނީސް ހެއްޔެވެ؟ 

ދެން ނިކަން ބުނެބަލާށެވެ! ބޮޑަށް ލޯބިވާންވީ ލޯބިވެރިޔާ ދެކެ ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތަށް ހެއްޔެވެ؟ 

މީސްތަކުންނޭވެ! އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ. ފާފައަކަށްވެދާނެ ކަމެއް ކުރެވުނަސް ދެރަވެ ހިތާމަކުރާށެވެ! ފާފައެއް ކުރެވިއްޖެނަމަ ވަކިން ބޮޑަށް ދެރަވެ ހިތާމަކުރާށެވެ! ރޮއި ކަރުނައަޅާށެވެ! 

ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު އެންމެ ކަރުނަ ތިއްކެއް ލޮލުން ވައްޓައިލެވިއްޖެނަމަ ވެސް އެކަމުގެ އަގު އެނގޭހެއްޔެވެ؟ އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހެން މިބުނަނީ ޤިޔާމަތް ދުވަހު އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތީއެވެ. އިން ޝާ ﷲ. އެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ވީމާ ދެރަވެ ހިތާމަކޮށް ކަރުނައަޅަންވީ ލޯބިވެރިޔާ ވަކިވުމަކުން ނޫނެވެ! ﷲ ތަޢާލާއަށް އުރެދެވިއްޖެނަމައެވެ. ފާފައެއް ކުރެވިއްޖެނަމައެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރެވިއްޖެނަމައެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައް، ސުވަރުގެ ގަރަންޓީކޮށްދޭނެ އެއްކަމަކަށް އެކަންވެގެންޑާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން