އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެފިއެވެ.
ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ކުއްޖާގެ މަރާއިބެހޭގޮތުން އިތުރު ކަންކަން އެނގިގެންދާނީ ފުލުހުންގެ ތަޙްޤީޤަށްފަހުގައެވެ. ފުލުހުން ބުނެފައިވަނީ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށެވެ.