ވިހާފަ އެއްލާލާފަ އޮއްވާ ދިގުރަށުން މިއަދު ފެނުނު ކުއްޖާގެ މައްސަލައިގަ ލަންކާ އަންހެނަކު ހައްޔަރުކޮށްފި-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވިހާފަ އެއްލާލާފަ އޮއްވާ ދިގުރަށުން މިއަދު ފެނުނު ކުއްޖާގެ މައްސަލައިގަ ލަންކާ އަންހެނަކު ހައްޔަރުކޮށްފި-

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނިގޮނޑުން  މިއަދު ފެނުނު ކުއްޖާގެ މައްސަލައިގައި 30 އަހަރުގެ ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ މާލެ އައިސް ފުރަން އެއާޕޯޓްގައި ހުއްޓައި ކަމަށާއި މައްސަލަ ތަޙްޤީޤްކުރަމުން އަންނަ ކަމަށެވެ. 

ގުޅުންހުރި ޚަބަރު: 

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނިގޮނޑުން  ފެނިގެން ފުލުންހުންގެ ޓީމަށް އެރަށަށް!

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި  މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެފިއެވެ.

ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ. 

ކުއްޖާގެ މަރާއިބެހޭގޮތުން އިތުރު ކަންކަން އެނގިގެންދާނީ ފުލުހުންގެ ތަޙްޤީޤަށްފަހުގައެވެ. ފުލުހުން ބުނެފައިވަނީ އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށެވެ.

 

މިއަދު އޮންލައިން