އެލައިޑްގެ އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް ޙުސައިން ލުވައިޒް އައްޔަންކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 57ސ
އެލައިޑްގެ އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް ޙުސައިން ލުވައިޒް އައްޔަންކޮށްފި

އެލައިޑް އިންޝުއަރެންސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރަކަށް 2002 ވަނަ އަހަރުން ފެށިގެން އެކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ޙުސައިން ލުވައިޒް އައްޔަންކޮށްފިއެވެ.

ޙުސައިން ލުވައިޒް ތަޢުލީމު ޙާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޗާޓަރޑް އިންޝުއަރެންސް އިންސްޓިޓިއުޓްއިންނެވެ. އަދި ނިއުޒިލޭންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފައިނޭންސްއިންނާއި، މެލޭޝިއާގެ އިންޝުއަރެންސް އިންސްޓިޓިއުޓްއިންވެސް ލުވައިޒް ވަނީ ތަޢުލީމު ޙާސިލްކުރައްވާފައެވެ.

އެލައިޑްގައި މަސައްކަތް ކުރަން ފެށިފަހުން ލުވައިޒް ވަނީ، އެ ކުންފުނީގެ އެކިއެކި މަޤާމުތައް އަދާކުރައްވާފައެވެ. އެގޮތުން، ލުވައިޒް ވަނީ އެލައިޑް ކުންފުނީގެ މެނޭޖަރ އޮފް ޖެނެރަލް ކްލެއިމްސްގެ މަޤާމު ފުރުއްވާފައެވެ. ޙުސައިން ލުވައިޒް މަޤާމާއި ހަވާލުވުމާއި ހިސާބަށް، އެލައިޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ މުޙައްމަދު ޝަފާޒެވެ.

އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ. 

މިއަދު އޮންލައިން