ވެމްކޯ ލޮރީން ކުނިކޮތަޅު ވެއްޓި މަގުހަޑިވެ، މަގުބަންދުވީމާ ޖުރުމަނާ ކުރާނެ ފަރާތަކަށް ބޭނުންވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވެމްކޯ ލޮރީން ކުނިކޮތަޅު ވެއްޓި މަގުހަޑިވެ، މަގުބަންދުވީމާ ޖުރުމަނާ ކުރާނެ ފަރާތަކަށް ބޭނުންވެފަ!

މާލޭގެ މަގުތަކުން ކުނިނެގުމާއި ކުނި އުފުލުމުގައި ޤަވާއިދާއި ޚިލާފްވާ ފަރާތްތައް ޖުރުމަނާކުރާ ވާހަކައާއި އެއުޞޫލުގެދަށުން މާލޭ ސިޓީ ކައުންސިލް ޖުރުމަނާކުރެވުނު ވާހަކައެއް އަޑުއިވުނެވެ. 

އަމީނީ މަގު ހެދުމުގެ މަސައްކަތްކުރާތީ މިދުވަސްކޮޅު އެންމެ ބާރުބޮޑު އެއް ސަރަޙައްދަކީ މާފަންނު ބިސްބުރު ސަރަޙައްދެވެ. މިއަދު މެންދުރު 12 ޖަހާއެހާކަންހާއިރު ސަރަހައްދު ބަންދުވެ ވެހިކަލްތަކުން ފުނިޖެހެން މެދުވެރިވީ ވެމްކޯގެ ލޮރީއަކުން ކަޅުކޮތަޅުތަކެއް ވެއްޓި އެކުނިތައް ނަގަންދެން ކުނިލޮރީ މަގުގައި ބޭއްވުމުންނެވެ. 

ވެހިކަލް ނުނެގީ އެވަގުތު ވެހިކަލް ނެގިނަމަ ކުނިތައްދާނީ ޗިސްވެ މުޅި ސަރަޙައްދު ނަޖިސްވެގެންކަމަށްވާތީ ކަމަށް ބެލެވެއެވެ. 

އަމީނީ މަގު ހަދާތީ މިވަޤުތު އެ ސަރަޙައްދަށް އިތުރަށް ބާރުބޮޑުވިނަމަވެސް ޢާންމު ގޮތެއްގައި މުޅި މާލެވެސް އޮތީ އެއް ޙާލެއްގައެވެ. ވެހިކަލްތަކުން ފުރިފައެވެ. ވީމާ ކުނި އުފުލިނަމަވެސް އަދި އެހެން އެއްޗެއް އުފުލިނަމަވެސް މަގަށް ފައިބައިގެން ދިއުމުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވޭނެ ގޮތެއް ހޯދަން ޖެހިފައިވާކަން ގިނަބައަކު ފާހަގަކުރެއެވެ. 

 

ވެމްކޯގެ މިފަދަ މައްސަލަތައް ކުރިން މަދުނަވެސް ނިމިގެންދިއަ ސަރުކާރުގެ ދުވަސްވަރު ވެމްކޯގެ ހިންގުމަށްވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާކަން ގިނަބައަކު ފާހަގަކުރެއެވެ.

 

މިއަދު އޮންލައިން