ފާއިތުވެދިޔާ ޙުރިހާ ސަރުކާރު ތަކުންވެސް ހުވަފެން ދައްކަމުން އަންނަ އައިހެވަން މަަޝްރޫއު މި ސަރުކާރުން ފަށަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފްވަނީ އިޤްތިޞާދީ ވަޒީރުކަމުގައި ކުރިން ހިންގެވުމަށް ނިންމެވި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަވާނެތޯ ސުވާލުކުރައްވާފައެވެ. މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އައިހެވަން މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
އެސަރަހައްދުން ބަންކަރިން އާއި ހުރިހާ ޚިދުމަތެއް ދިނުމަށް ސަރުކާރު އޮތީ ތައްޔާރަށްކަން ފާހަގަކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގެ އެހެން ބަނދަރަކުންވެސް އެހެން ދިމާލަކުންވެސް ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތަކުން ރާއްޖޭގެ އިޤްތިސާދަށް އެކަމުން ފައިދާވާ ކަމަށްވަނަމަ އެކަމެއް ފަހިކުރުމަށް ސަރުކާރު ތައްޔާރު ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހިންގަން ރޭވި، "އައިހެވަން" މަޝްރޫޢު ރައީސް ޔާމީންގެ ސަރުކާރަށް ނިމުން އައިއިރު، ވަނީ އެމަޝްރޫއު ގެ މާސްޓަރ ޕްލޭން ނިމިފައެވެ.