ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމަކީ "ފަސްޓް ހެލްތް" މައްސަލައަކުން ރާއްޖޭގެ ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައަކަށް މިސަރުކާރުން ބަދަލުކޮށްފައިވާކަން ހާމަކޮށްފިއެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒު ހެލްތް މިނިސްޓްރީގެ ބެލުމުގެދަށުން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅޫވެއްޖެއެވެ.
މިގޮތުން ފަރުވާލިބުމަށް ކޯޓުން ޙުކުމްކުރުމުންވެސް ފަރުވާ ނުދީ ބައިތިއްބާފައި ތިބި 600 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާކަން އުސްތާޛް ފިރުޒުލް ވަނީ ފާހަގަކުރައްވައިފައެވެ. ކުރިއަށް އޮތްތަނުގައިވެސް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވަން ދޭންޖެހޭ ފަރުވާތައް ސަރުކާރުން ދެމުން ގެންދާނެކަން ވެސް އުސްތާޛް ފިރުޒުލް ވަނީ ފާހަގަކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން އެއީ ޞިއްޙީ ފަރުވާ ބޭނުންވާ ބަލިކުދިންކޮޅެއް ކަމަށް ކަނޑައަޅާފައިވަނިކޮށް އެކަމުގެ ތެރެއިން ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތަށް ދިއުމުން އެނގިގެންދަނީ މަސްތުވާތަކެތި ޢާންމުކޮށް ފަތުރަން މަޖިލީހުން ދިން ހިތްވަރުކަމަށް ގިނަބައަކު އަންނަނީ ބުނަމުންނެވެ.