ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދަން ސަރުކާރުން އެންގިނަމަވެސް އަދިވެސް ހުރަހެއް ނެތި ވަދެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދަން ސަރުކާރުން އެންގިނަމަވެސް އަދިވެސް ހުރަހެއް ނެތި ވަދެވޭ!

ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދަން ސަރުކާރުން އަންގައިފިކަމަށާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ކޭމްއިން ވަނީ ސަރުކާރުގެ އެންގުމަށް އެފަދަ ހުރިހާ ވެބްސައިޓުތަކަށް ރާއްޖޭގެ އެއްވެސް ނެޓްވޯކަކުން ނުވަދެވޭގޮތް ހަދަން އަންގާފައިވާކަމަށް މައުލޫމާތުލިބެއެވެ. 

ނަމަވެސް އަދިވެސް ގިނަ ސައިޓުތަކަކަށް އެއްވެސް ހުރަހެއް ނެތި ވަދެވެއެވެ. އެހެންކަމުން މިކަން ހިނގާ ގޮތުގެ އިތުރު މައުލޫމާތަށް ގިނަ ބައަކު ބޭނުންވެއެވެ. 

މިފަދަ އެތައް ހާސް ވެބްސައިޓްތަކެއް ހުރުމުން ޢަމަލީ ގޮތުން އެކަން ތަންފީޒުކުރަން ހުރަސްތަކެއް ހުންނާނެކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މުވާސަލާތީ ޚިދުމަތް އެންމެ ފުޅައުދާއިރާއެއްގައި ދެމުން ގެންދާ ކުންފިނިތަކުން މީގެ ކުރިންވެސް ވަނީ މިކަމަށް ސަރުކާރުން އަންގައިފިނަމަ ޢަމަލުކުރާނެކަން ހާމަކޮށްފައެވެ.

 

މިއަދު އޮންލައިން