ޖަނަވަރީ މަހު އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޒަމާނީފެންވަރުގެ ސްޓޫޑިއޯއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޖަނަވަރީ މަހު އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޒަމާނީފެންވަރުގެ ސްޓޫޑިއޯއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ!

އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލަޖީގެ ބޭނުންކޮށްގެން އިސްލާމިކް ސްޓޫޑިއޯއެއް ޒަމާނީފެންވަރުގައި ތަރައްޤީކުރުމުގެ މަސައްކަތް މިފެށޭ ޖަނަވަނީ 2024 ގައި ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. 

މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މިމަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީގައި ޒަމާނީ ފެންވަރުގެ ސްޓޫޑިއޯއެއް ޤާއިމުކުރެއްވުމުގެ މަސައްކަތަކީ ރައީސް ޔާމީނުގެ ދައުރުގައިވެސް މިނިސްޓަރުކަމުގައި ހުންނަވައި ޑރ. ޝަހީމް ފެށޓެވި މަސައްކަތަކެވެ.  އެއިރު ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން އެތައް މިލިއަން ރުފިޔާއަކާއިއެކު މަސައްކަތް ޕީއެސްއެމްއާއި ޙަވާލުކުރިނަމަވެސް މިއަދާއި ހަމައަށް އެކަށީގެންވާ ނަތީޖާއެއް ނެރެދެވިފައިވާ ނުވާކަން ފާހަގަކުރެވެއެވެ. 

ވީމާ އަލުން މި މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށުމަކީ ރަނގަޅު ނަތީޖާއެއް ފެނިގެންދާނެ ކަމެއް ކަމަށް އުންމީދުކުރެވެއެވެ. 

މިއަދު އޮންލައިން