ސަރުކާރުން މަޖުބޫރު ނުކުރިޔަސް ބުރުގާ އަޅާ އަންހެނުންނާ ދަރިވަރުން އަންނަނީ ގިނަވަމުން! ޙަޖަމްކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސަރުކާރުން މަޖުބޫރު ނުކުރިޔަސް ބުރުގާ އަޅާ އަންހެނުންނާ ދަރިވަރުން އަންނަނީ ގިނަވަމުން! ޙަޖަމްކޮށްލައްވާ!

ރާއްޖޭގެ ވެރިޖކަމުގައި އިސްލާމީ ވަންތަ ސަރުކާރެއްގެ ކުލަތައް ޖެހެން ފެށުމުން އެކަން ޙަޖަމް ނުކުރެވޭ މީހުން ގެންދަނީ ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ޚަބަރުތައް ފަތުރަމުންނެވެ. އެއިގެ ތެރޭގައި އަންހެނުން ފޭރާންލުމާއިބެހޭ ވާހަކަތައްވެސް ހިމެނެއެވެ. 

ރާއްޖޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ދަރިވަރުން މިހާރުވެސް ބުރުގާއަޅައެވެ. އެއީ ސަރުކާރުން މަޖުބޫރުކޮށްގެނެއް ނޫނެވެ. ޙަޤީޤަތަކީ އެކަން ތަޢާރަފްވެ ފެތުރިގެން އައީ ވެރިކަމުން ހިތްވަރު ނުދޭ ކަމެއްގެ ގޮތުގައި އޮއްވައި ކަމެވެ. ރާއްޖޭގައި މިހައިތަނަށް ކުރި އެއްވެސް ވެރިކަމެއްގައި ބުރުގާއަޅަން ހިތްވަރުދިންކަން އެނގޭކަށް ނެތެވެ. 

ބުރުގާއެޅުމަކީ ރައީސް މައުމޫނުވެސް އަދި ރައީސް ނަޝީދުވެސް ހިތްވަރުދެއްވި ކަމެއް ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ބުރުގާއެޅުން ޢާންމުވެ އެންމެ ބާރުމިނުގައި ގިނަވެގެން އައީ އެދުވަސްރުގައެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިހާރުވެސް ދަނީ އިތުރުވަމުންނެވެ. އެއީ ބުރުގާއަޅާ މީހުންގެ އަމިއްލަ ނިންމުމެކެވެ. ސަރުކާރުގެ އަމުރެއް ނޫނެވެ. އިން ޝާ ﷲ ބުރުގާ އަޅާ އަންހެނުން ދާނީވެސް އިތުރުވަމުންނެވެ. 

ޢާންމު ތަންތަނުގައި އުޅޭއިރު ޢާންމު ޢިޖުތިމާޢީ މިންގަނޑުން ފޭރާންލުމަށް މިހާރުވެސް ޤަވާޢިދުތައް އެބަހުއްޓެވެ. އެ ޤަވާއިދުތަކަކީ އަބަދުވެސް ރާއްޖޭގައި އޮތް ޤަވާއިދުތަކެކެވެ. މައްސަލައަކަށްވެފައި މިއޮތީ އެކަން ތަންފީޒުނުކުރުމެވެ. 

ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޢާންމު ތަންތަނުގައި އުޅޭއިރު ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް ފޭރާންލައިގެން އުޅޭނަމަ އެމީހަކަށް ވިސްނައިދީ ނަޞޭޙަތްތެރިވާންޖެހޭނެއެވެ. މުސްލިމުންނަށް އެންމެ ފައިދާކުރާނީވެސް ނަޞޭޙަތްދިނުމުންނެވެ. ކަންކަން އިޞްލާޙްކުރެވޭނީ ނަޞޭޙަތްދީގެންނެވެ. 

ރާއްޖޭގައި އިސްލާމީ ވަންތަ ވެރިކަމެއް ކުރަން މިއަދުގެ ސަރުކާރުން މަސައްކަތް ފެށުމުން ފިތުނަ އުފެދޭނެ ގޮތަށް ދޮގު މަޢުލޫމާތު ފަތުރައި ސަރުކާރާއިމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދުވަން މުރަމުން ގެންދާ މަސައްކަތްތަކަށް ރައްޔިތުން ހޭލުންތެރިވުން ވަރަށް މުހިންމެވެ. 

ދުނިޔެއަކީ ވަޤުތީ މަންޒިލެކެވެ. ދާއިމީ މަންޒިލަކީ އުޚުރަވީ ޙަޔާތެވެ!

 

މިއަދު އޮންލައިން