މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މި  އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

މި ޔުނިވަރސިޓީގައި ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އައިސް މަސްވެރިކަމާއި ބެހޭ ތަމްރީން ހޯދާ ތަނަކަށްކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ޙާއްސަ ކޮލެޖެއް ޤާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަން ސަރުކާރުގެ ހަފްތާ14 ގައިވެސް ވަނީ ހިމަނުއްވަފައެވެ.

 

މިއަދު އޮންލައިން