މިއަހަރުގެ ފުރަތަމަ ހަތްމަސް ދުވަސްތެރޭ 832 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީހުރި ޢަދަދާއި، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ގްރީޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއެކު ގްރީން ފަންޑުގައި މިހާރު ޖުމްލަ 1.11 ބިލިއަން ރުފިޔާ އެބަހުއްޓެވެ.
ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަންނަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ގިނަ ތަރައްޤީގެ މަޝްރޫއުތަކަށް ދަނީ ޚަރަދުކުރަމުންނެވެ.