ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ކުރީ ސަރުކާރުން ވަނީ ބޮޑެތި އިހުމާލުތަކެއްވެފައި: ޙުސެއިން ފަހުމީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ކުރީ ސަރުކާރުން ވަނީ ބޮޑެތި އިހުމާލުތަކެއްވެފައި: ޙުސެއިން ފަހުމީ

ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ކުރީ ސަރުކާރުން ވަނީ ބޮޑެތި އިހުމާލުތަކެއްވެފައި ވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން ބްރިޖްގެ މޮނިއުމަންޓް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުން އަންއިރު މި މަސައްކަތްތަކާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ފުރަތަމަ ބެލިބެލުމުންވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައިވާކަމަށާއި ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތައްކަން ފާހަގަވެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާތީ، ބަދަލުކުރަންޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ކުރީ ސަރުކާރުގެ މި އިހުމާލުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާކަން ސްޓެލްކޯ އެމްޑީވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމީ މިފަދަ ބޮޑެތި އެސެޓުތަކަކީ އަބަދުވެސް ރަނގަޅަށް ބަލަހައްޓަންޖެހޭ ތަންތަންކަން ވަނީ ފާހަގަކުރައްވާފައެވެ.

ލައިޓުތަކާއި ގުޅިގެންނާއި ބްރިޖަށް އަރާއިރު ހުންނަ މޮނިއުމަންޓްގައި ދަބަރު ޖެހުމާއި އޭގެ ލައިޓުތައް ނުދިއްލުމުގެ ފާޑުކިޔުންތައް އެކި ފަރާތްތަކުގެ އޮވެއެވެ.

މިއަދު އޮންލައިން