ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި، އިންޑިއާ ސަރުކާރަށް ރަސްމީ ހަތަރު ސިޓީއެއް ފޮނުވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި، އިންޑިއާ ސަރުކާރަށް ރަސްމީ ހަތަރު ސިޓީއެއް ފޮނުވައިފި!

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި، އިންޑިއާ ސަރުކާރަށް ރަސްމީ ހަތަރު ސިޓީއެއް ފޮނުވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. 

ރާއްޖޭގެ އޮންލައިން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހަތަރު ލިޔެކިޔުމެއް ފޮނުވައި ރަސްމީ 10 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އަދަދު މި ސަރުކާރުން ދެ ފަހަރެއްގެ މަތިން ހާމަކޮށްފައިވާއިރު ފުރަތަމަ ބުނެފައިވަނީ ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިން ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެ އަދަދު 89 އަށް އަރާ ކަމަށެވެ. އިންޑިއާ ސިފައިން ތިބިކަމަށް ބުނާ އަދަދުތަކަށް އަދިވެސް ބަދަލު އަތުވެދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފުރުސަތު ތަނަވަސްކޮށްދީގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބި ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާކަމަށް އަދި އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވާކަމަށް އަދި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އެކަންކަން ބަދަލުކުރައްވާނެ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެމްޕެއިންގައި އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކަފުޅެވެ.

މިއަދު އޮންލައިން