މާލެއަށް ކުރި ވިއްސާރައާ ގުޅިގެން އިއްޔެ މެދުކަނޑާލި އަމީނީ މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ރާއްޖޭގެ އެކި ހިސާބަށް ހުކުރު ދުވަހުން ފެށިގެން ކުރަމުން އައި ވިއްސާރައިގައި ގްރޭޓަރ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އަަމީނީ މަގު ހެދުމުގެ މަސައްކަތް މެދުކަނޑާލާފައިވަނީ އިއްޔެގައެވެ
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އާރުޑީސީން ބުނީ، މޫސުން ރަނގަޅަށް އޮތުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި މޫސުން ރަަނގަޅު ނަމަ ކުރިންވެސް ކުރަމުން އައި ގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އާރްޑީސީން މިހާރު ކުރަމުން އަންނަނީ އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތެވެ. އެއީ އެމަގުގެ ހެދުމުގެ މަސައްކަތުގެ ތެރެއިން ނުނިމި އޮތް ބައެވެ.