އިތުރު ދެ ކުއްޖަކު ބޯންމެރޯ ހެދުމަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އިތުރު ދެ ކުއްޖަކު ބޯންމެރޯ ހެދުމަށް ފުރައިފި

ބޯންމެރޯ ހެދުމަށް އިތުރު ދެ ކުއްޖަކު ފުރައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުދިން މިއަދު ފުރައިފި ކަަމަށެވެ. އަދި ބޯންމެރޯ ހެދުމަށް ފުރަތަމަ ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުންދީ ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑްސަރވިސް (އެމްބީއެސް) އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ.

އެ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރު ވެސް ގެންދަނީ ފަރުވާ ހޯދަމުންނެވެ.

މިއަދު އޮންލައިން