ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް އަޑިޔަށް ދަނިކޮށް އެމްއެންޑީއެފުން އެހިސާބަށް ދަތުރުކޮށް އެ ލޯންޗާއި އޭގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.
ތ. އަތޮޅުން މާލެ ދަތުރުކުރަމުން ދިޔަ "މރ. ސްޕީޑު" ނަމަކަށް ކިޔާ އެ ލޯންޗު ފަޅައިގެން ގޮސްފައިވަނީ 'ކުރަލީ' ކަނޑަށެވެ.
މި ހާދިސާ ހިނގި އިރު ލޯންޗުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު އޭގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ތިބި ކަމަށް ވެއެވެ.
މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި "އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗް ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް، ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ހަބަރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫއިން އެސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަށާއި ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ ލޯންޗުގައި ތިބި 16މީހުން ތ. ބުރުންޏަށް ގެންގޮސްދީފައިވަނީ ބުރުނި ހިޔަލަ ލޯންޗުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.