ހުތުބާ ކިޔުމުގެ ހުއްދަ ނަގަން ސަތޭކަ ޒުވާނުން ކުރިމަތިލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުތުބާ ކިޔުމުގެ ހުއްދަ ނަގަން ސަތޭކަ ޒުވާނުން ކުރިމަތިލައިފި

ޚުތުބާ ކިއުމުގެ ހުއްދަނަގަން 100 ޒުވާނުން ކުރިމަތިލާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚުތުބާ ކިއުމުގެ ހުއްދަ ނަގަން ކުރިމަތިލާފައިވާ ޒުވާނުންގެ އިންޓަވިއުތައް އަންނަ ހަފްތާގައި ފަށާނެ ކަމަށާއި އެއަށްފަހު ފިޤުރީ ތަމްރީނުތަކެއް ދެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިވެރިންގެ އިންޓަވިއުތައް ކުރާނީ މާލެ ނަމަ ހާޒިރުކޮށްގެން ކަމަށާއި އަދި ރަށުގައި ހުރި ބައިވެރިއެއްނަމަ އޮންލައިންކޮށް ކަމަށެވެ.

އިންޓަވިއުގައި އޮންނާނީ ޤުރުއާން ކިޔެވުން އަޑުއެހުމާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ޚުތުބާތަކުން އެ ބައިވެރިއަކު އިޚުތިޔާރުކުރާ ޚުތުބާއެއް އަޑުއެހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު ހުއްދަ ދިނުމަށްފަހު، ހުއްދަދެވޭ ފަރާތްތަކަށް ޚާއްސަ ތަމްރީނެއް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަމްރީނުތައް ކުރިއަށްދާނީ އަތޮޅުގައި އުޅޭ ކުދިންނަށް އަތޮޅުގައި އަދި މާލެ ސަރަހައްދުގައި ނަމަ މާލޭގައި ކަމަށެވެ. މި ތަމްރީނުގައި މޮސްކް މެނޭޖްމަންޓް، ޚުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚުލާޤު، މިސްކިތުގެ ދައުރު އަދި ނަމާދުގެ ފިޤުހުއާ ގުޅޭ ގޮތުން ތަމްރީނުތައް ދެވޭނެކަމަށް މިނިސްޓަރ މައުލޫމާތުދެއްވައެވެ.

މިނިސްޓަރ ވިދާޅުވީ ރޯދަމަހުގެ ކުރިން ޒުވާން ޚަތީބުން ތަމްރީނުކޮށް ނިމޭނެ ކަމަށެވެ.

މިއަދު އޮންލައިން