ޑޮމެއިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ: ވަޒީރު އަމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑޮމެއިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ: ވަޒީރު އަމީން

އެއްގަމު އުޅަނދުތަކުގެ ޑޮމެއިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުހައްމަދު އަމީން މިހެން ވިދާޅުވީ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ މި ސަރުކާރުން މިނިސްޓްރީއާ ހަވާލުވި އިރު، ޑޮމެއިން މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށެވެ. ނަމަވެސް ޑޮމެއިން ވިއްކަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަރަށް އަވަހަށް ބިޑިންގ ސިސްޓަމެއްގެ ދަށުން ފުރިހަމަ ނިޒާމެއް ގާއިމުކޮށްގެން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަން ފާހަގަކުރެއްވުމާއެކު އަމީން ވިދާޅުވީ އެއްވެސް ބޭފުޅެއްގެ އަތުން ޑޮމެއިން ނެގުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި ނިޒާމުގެ ތެރެއަށް ނުފެތި ހުރި ޑޮމެއިންތައްވެސް ނިޒާމުގެ ނިޒާމުގެ ތެރެއަށް ފައްތަން މަސައްކަތް ކުރާނެ ކަމަށެވެ.

ކުރިޔަށް އޮތް ދެތިން މަސްތެރޭ ޒަމާނަށް ފެތޭ ގޮތަށް ބިޑިންގ ސިސްޓަމެއްގެ ދަށުން ޑޮމެއިން ދޫކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ޑޮމެއިން ވިއްކުން މެދުކަނޑާލީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޑޮމެއިން ވިއްކައިގެން ދައުލަތައް ލިބެންޖެހޭ ފައިސާ ނުލިބޭގޮތަށް ގަވާއިދާ ހިލާފަށް ޑޮމެއިންއާ ގުޅޭ މުއާމަލާތްތައް ކުރަމުން ގެންދާ މައްސަލައެއް ފެންމަތިވުމުންނެވެ.

މިއަދު އޮންލައިން