ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި ވިލިމާލެ އޮތުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަވާނެ: ވަޒީރު ހަލީލު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި ވިލިމާލެ އޮތުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަވާނެ: ވަޒީރު ހަލީލު

ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި ވިލިމާލެ އޮތުން، މި ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ހަލީލު މިހެން ވިދާޅުވީ މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ވިލިމާލެ ރައްޔިތުން ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި މި އަވަށް އޮތް އޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަ ތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ،" ހަލީލު ވިދާޅުވިއެވެ.

ހަލީލު މިފަދައިން ވިދާޅުވެފައިވާއިރު މާލެ އާއި ވިލިމާލެ އާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް މި ސަރުކާރުން ވަނީ މިއަދު ފަށައިފައެވެ. ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުރާ މަސައްކަތުގެ ދަށުން ޑިޒައިން މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ. ހަލީލު ވިދާޅުވީ އެ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލެ ހޮސްޕިޓަލަށް މިހާރު 29 އަހަރު ފުރިފައިވާ އިރު، އެންމެ ފުރަތަމަ އެތަން ހިންގަން ފަށާފައި ވަނީ ސިއްހީ މަރުކަޒެއްގެ ގޮތުގައެވެ. އޭރު ތިން ކޮޓަރިއެއްގައި ހަމައެކަނި ރަސްމީ ގަޑިތަކުގައި ހިދުމަތް ދެމުން އައިސް 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

މިހާރު ވިލިމާލެ ހޮސްޕިޓަލު ހިންގަމުން އަންނަ އިމާރާތަށް އެތަން ބަދަލުކުރީ 15 އޭޕްރީލް 2002 ގައެވެ.

މިއަދު އޮންލައިން