ވިލިމާލޭގެ ތަރައްގީ ކުރާނީ ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭގައި ސަރުކާރުން ކުރިއަތް ގެންދާ މަސައްކަތްތައް ހިނގަމުންއަންނަގޮތް ބައްލަވައިލެއްވުމަށްފަހު ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުންނެއެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ވިލިމާލެއަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެމަތިން ވިލިމާލޭގައި ކުރެވެމުންދާ މަސައްކަތްތައް ބައްލައިވައިލެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި، އެސެސްމަންޓް ހެދުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އިން މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިއީ މުސްތަޤްބަލުގައި ވިލިމާލޭގެ އާބާދީ އިތުރުވާނެތީ އެކަމަށް ބޭނުންވާ އަސާސީ ޚިދުމަތް ވަރުގަދަކުރުމަށް އެޅިގެންދާ މުހިންމު މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.