މާލޭ ޖަލު ބަންދުކޮށް އެ ޖަލު ހުސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާލޭ ޖަލު ބަންދުކޮށް އެ ޖަލު ހުސްކޮށްފި

ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދިޔަ މާލޭ ޖަލު ބަންދުކޮށް އެ ޖަލު ހުސްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.

ކަރެކްޝަންސްގެ އެ އިއުލާނުގައި ބުނެފައިވަނީ ސަރުކާރުން މި ޖަލު ބަންދުކުރަން ނިންމީ މި ޖަލާ ޖެހިގެން، ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރާކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރމަށްފަހުގައި ކަމަށެވެ.

ޖަނަވަރީ 2008 އިން ފެށިގެން މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކަރެކްޝަނަލް ސާވިސްގެ ބިމުގައި ގާއިމްކޮށްފައި ހުންނަ މާލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ބަންދުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައި 06 ޖަނަވަރީ 2024 އިން ފެށިގެން މި ޖަލު ބަންދުކޮށްފީމެވެ. އަދި ޖަލުގައި ތިބި ގައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ." ކަރެކްޝަންސްއިން ބުންޏެވެ.

ޖަލު ބަންދުކުރިނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް 12 ޖަނަވަރީ 2024 އާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން