އަލް ޢަސްރު ޖަމިއްޔާއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަލް ޢަސްރު ޖަމިއްޔާއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އަލް ޢަސްރު ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބު ކަމާއެކުު ނިންމާލައިފިއެވެ.

އަލް ޢަސްރުން ހާމަކުރި ގޮތުގައި މިއީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދިޔައީ މި ޖަނަވަރީމަހުގެ 4 އަދި 5 އެއްގައެވެ.

އަލްއަސްރު ޖަމިއްޔާ އިން މި ފަދަ ވޯކްޝޮޕް ތައް ކުރިއަށް ގެންދާއިރު މީގެ ކުރިން ހުޅުވާލަނީ ސަތޭކަ މީހުންގެ ޖާގަ އަކަށެވެ. އެހެންކަމުގައި ވިޔަސް މި ފަހަރު ޖާގައިގެ ދަތިކަމެއް ހުރުމުން އެ ޖަމިއްޔާއިން ހުޅުވާލީ 80 މީހުނަށެވެ.

މިއީ އަހަރަކު އެއްފަހަރު އަލް އަސްރުން ބާއްވާ ވޯކްޝޮޕެކެވެ. އެހެންނަމަވެސް އެ ޖަމިއްޔާއަށް އެދުމުން ރަށްރަށުގަ އާއި އޮފީސްތަކުގެ ގައި ވެސް މި ވޯކްޝޮޕް ބާއްވައިދޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި ވޯރކްޝޮޕް ގައި ނަމާދުގެ މަޤާމް، ޘަހާރަތާއި، ވުޟޫ އަދި ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ޛިކުރުތަކާއި ހަރަކާތްތައް ވެސް މި ވޯކްޝޮޕް ގައި ކިޔަވާ ދީފައިވާކަމަށް އަލް އަސްރުން ބުނެއެެވެ.

ނަމާދާއި ބެހޭގޮތުން ކުރިއަށް ދާ މި ވޯކްޝޮޕްގައި ކިޔަވައިދިނީ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ.އާދަމް ޝަމީމެވެ.

މިއަދު އޮންލައިން