އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

މާލޭގެ އެންމެ ބޮޑު އެއް މަގު ކަމުގައިވާ އަމީނީ މަގުގައި މިއަދު ތާރައަޅަން ފަށާނެކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މުއްޠަލިބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށުނީ 9 ޑިސެންބަރު 2023 ގައި ކަމަށާއި، މަގު މިހާރު މިވަނީ ތާރު އެޅުމަށް ތައްޔާރުވެފައި ކަމުގައެވެ.

 އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ.މުއްތަލިބުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ . އަމީނީ މަގުގެ އިތުރު ދެ ސެގްމެންޓެއްގެ މަސައްކަތް އާރުޑީސީން ފެށީ ފާއިތުވި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެ މަސައްކަތް ދަނީ ބާރު ދުވެލީގައި ކުރަމުންނެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ.

މި މަސައްކަތް ކުރީ ސަރުކާރުން، ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ. އެހެންނަމަވެސް، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދިވެހި ރާއްޖޭގެ އަޑާއި ހަމައަށެވެ. އެއީ ސެގްމެންޓް 11 އެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ)
  • ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ
  • މަގުގެ ފެހިކަން ނުގެއްލޭނެ
  • ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ
  • ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ 
މިއަދު އޮންލައިން