މަހުގެ އަގުކުޑަކުރުމަށާއު މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމާ ގުޅޭ މަޝްވަރާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 58ސ
މަހުގެ އަގުކުޑަކުރުމަށާއު މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމާ ގުޅޭ މަޝްވަރާކޮށްފި

މަހުގެ އަގު ކުޑަކުރުމަށާއި، އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމާއި ގުޅޭގޮތުން އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ.

އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދައްކައި ނިންމާނެ ގޮތަކާއި މެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަން ކުރުމަށްފަހު މަހުގެ އަގަށް ބަދަލު ގެނައުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

ނާޒިމް ވިދާޅުވީ އެގޮތުން ފިނިކުރި މަހުގެ އަގު 20 ރުފިޔާ އަދި ފިނި ނުކުރާ މަހުގެ އަގު 15 ރުފިޔާއަށް ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މިކަންކޮށް ނިންމުމަށް ފަހު ފިނި ކުރި މަހުގެ އަގު 20ރ. އަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15ރ. އަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ.ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަަމަށް އައުމަށް މިހާތަނަށް ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 136 މިލިއަަން ރުފިޔާ ދީ ޚަލާސް ކޮށްފައެވެ.

މިއަދު އޮންލައިން