މާދަމާ ހެނދުނު 6 ޖަހާއިރު އަމީނީމަގު ފަހު 2 ސެގްމަންޓުން ބައެއް ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެންއިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން މާދަމާ ޓްރެފިކަށް ހުޅުވާލެވޭނެކަމަށެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 އާންމުންނަށް މުޅިން ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.