ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމައިފި

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ.

މި ފޯރަމްގައި ވަނީ ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމާ އިންވެސްޓަރުން ހޯދުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެއަރޕޯޓު އަޅާ ސަރަޙައްދުތައް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން