މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް 4 ޕާކިންގ ބިލްޑިންގ އަޅަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް 4 ޕާކިންގ ބިލްޑިންގ އަޅަނީ!

މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް މާލޭގައި އަލަށް ޢިމާރާތްކުރާ 4 ޕާކިންގ ބިލްޑިންގގެ މަސައްކަތް މިމަހު ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަމާގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ، މާލޭގައި ވެހިކަލް ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން އަޅާ ހުރިހާ އިމާރާތެއްގައި ޕާކިން އޭރިޔާ ލައިގެން އެޅުމަށް ނިންމާފައި ވާކަމުގައެވެ. އަދި މިކަމުންވެސް ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިމަހުގައި 4 ޕާކިންގ ބިލްޑިންގއެއްގެ ޢަމަލީ މަސައްކަތް ފަށާނެކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވަނީ މި 4 ބިލްޑިންގ އަޅާނެ ތަންތަން ސިޓީކައުންސިލުން ހާމަކުރާނެކަމަށް ވިދާޅުވިއެވެ. އަދި މިމަހުގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް 8 ވަރަކަށް މަސް ތެރޭ ނިންމާ އާއްމުންނަށް ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.

 

 

މިއަދު އޮންލައިން