މޮހަނަށް އޮޑި ދިންގޮތަށް ރަޢީސް ޑރ. މުޢިއްޒު އަށް ވެރިކަން ދިނުމުން ވެރިކަން ކުރަން ދަތިވާނެކަން ޤަބޫލް ކުރަންޖެހޭ.

އަހުމަދު
ކިޔުމަށް ހޭދަވާނީ 5މ 16ސ
މޮހަނަށް އޮޑި ދިންގޮތަށް ރަޢީސް ޑރ. މުޢިއްޒު އަށް ވެރިކަން ދިނުމުން ވެރިކަން ކުރަން ދަތިވާނެކަން ޤަބޫލް ކުރަންޖެހޭ.

السلام عليكم ورحمة الله وبركاته . އިބްރާޙީމް ރަޝީދު.  މާލެ ސިޓީ ގޯތި ޙަރަކާތުން މާލެ ރަށްޔިތުންނަށް ގޯތި ހޯދުމަށް ކުރިމަސައްކަތުގެ ކުރީކޮޅު އަޅުގަނޑުމެންނަށް އިންޓަވިއު ކުރުމުގެ ފުރުޞަތު ދެއްވަމުން އައިސް މީގެ އަހަރެއްހާދުވަސް ކުރިން ހުއްޓާލެއްވިކަން ފާހަގަ ކުރަމުން މިއަދު މިފަދަ މުހިއްމު ކަމަކަށް ކަނޑުވައި އިބުރޭގެ ބަސްދީގަތުމެއް ދެއްވީތީ އުފާކުރަން.

ލަތީފް. "މީގެ މަހެއްހާދުވަސް ކުރިން ކުރެއްވި ޓްވީޓް އަދި ގޯތި ޙަރަކާތުގެ ވައިބަރ ފޯރަމްގަ ވިދާޅުވީ " މޮހަނަށް އޮޑި ދިންގޮތަށް ރަޢީސް ޑރ. މުޢިއްޒު އަށް ވެރިކަން ދިނުމުން ވެރިކަން ކުރަން ދަތިވާނެކަން ޤަބޫލް ކުރަންޖެހޭ." ތަފްޞީލް އެއް ދެއްވަފާނަންތޯ؟"

އިބްރާހީމް ރަޝީދު. سلام ورحمة الله. ގިނަ ދުވަސްތަކެއް މެދުކެނޑުމަށްފަހު ލަތީފްއާ ބައްދަލު ކޮށްލަން ފުރުޞަތު ލިބުމުން އުފާކުރަން.

"މޮހަނަށް އޮޑި/ދޯނި ދިންގޮތަށް ރަޢީސް ޑރ. މުޢިއްޒު އަށް ވެރިކަން ދިނުމުން ވެރިކަން ކުރަން ދަތިވާނެކަން ޤަބޫލް ކުރަންޖެހޭ." ލަތީފް. މީ ޙަޤީޤަތް. 

މާލެ ސިޓީގެ އެތަކެއް ހާސް ރަށްޔިތުން ގޯތި ޙަރަކާތް މެދުވެރިކޮށް ޑރ. މުޢިއްޒުއަށް ހުށައެޅި ކަންކަން ތަންފީޒު ކުރުމަށް އެކަންކަމާ ގުޅޭ ދާއިރާތަކުގެ ބާރު  އެމަނިކުފާނަށް ދީގެން ނޫނީ ރަށްޔިތުން އަމިއްލައަށް އެދިގެން އެމަނިކުފާނުގެ މެނިފެސްޓޯގަ ލިޔުއްވާ އޮޅުންނާރާވަރަށް ތަފްޞީލާއެކު ޢިއުލާން ކުރަށްވާފަވާ ކަންކަން ކުރެވޭނެތޯ އަޅުގަނޑު ތިބޭފުޅުންނާ ސުވާލުކޮށްލަން. ނުކުރެވޭނެ.  މާލެސިޓީގެ ސިޓީކައުންސިލްއާ އަދި މާލެ ރަށްޔިތުން ގެ މަޖްލިސް ގޮނޑިތައްވެސް ރަޢީސް މުޢިއްޒުއަށް ދީގެން ނޫނީ އެމަނިކުފާނާ މާލެސިޓީގެ ލޮބުވެތި ރަށްޔިތުން ޙަވާލުކުރި މަސްޢޫލިއްޔަތު އަދާކުރެވޭނެގޮތެއް ނޯންނާނެކަން ހަމަބުއްދިން ޤަބޫލް ކުރެވޭ.   

ސަބަބުތައް ދަންނަވާލާނަން.

*މާލެ ސިޓީގޯތި ޙަރަކާތުގެ އެތައްހާސް ބަޔަކު 2019އިން ފެށިގެން ކުރި ބުރަމަސައްކަތުގެ ނަތީޖާއަކީ އެމް.ޑީ.ޕީ/ރައީސް އިބޫ ސަރުކާރުން މާލެ ރަށްޔިތުންގެ ގިނަބަޔަކަށް ގޯތި ދޫކުރަން މަޖުބޫރުވުން. އަދި ރައީސް އިބޫ 5000ގޯތި ދޫކުރަށް ނިންމަވާ އެވާހަކަ ޙިއްޞާކުރެއްވުމަށްފަހު އިންތިޚާބް ތެރޭގަ ޢަދަދު 9000+ އަށް އިތުރު ކުރެއްވި. އެހެނަސް ގޯތި ޙަރަކާތުގެ ޑިމާންޑް އަކީ މާލެސިޓީގެ 18 ފުރިފަހުރި ގޯތި ޙައްޤު ކޮންމެ ފަރުދަކަށް މާލެ ސަރަޙައްދުން ގޯއްޗެއް ލިބެންޖެހޭނެކަމަށް ޑިމާންޑް ކުރުން.  މިކަމަށް އިޖާބަދެއްވީ ހަމައެކަނި ޑރ. މުޢިއްޒު. 

ގޯތި ޙަރަކާތުން އެދުނު ގޮތަށް އެކަން ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަވާ، ގުޅިފަޅުގަ އެމް.ޑީ.ޕީ އިން އަޅަން ނިންމި ޕޯރޓް ތިލަފުއްޓަށް ބަދަލުކޮށް މިހާރު އެކަން ޢިޢުލާން ކުރެއްވުމުގެ އިތުރުން ޢަމަލީ މަސައްކަތް ކުރަމުންދޭ. ވެރިކަމަށް އަދި 2މަސް ނުވެ.

މާލެ ސަރަޙައްދުގެ އާބާދީގެ މުނިސިޕަލް މަސައްކަތްތައް ޙަވާލުވެގެންދާނީ ސިޓީ ކައުންސިލްއާ. މި ކައުންސިލްއަށް އިދިކޮޅު އިންތިޚާބް ވުމަށް މި ފަތުރާ ޕްރޮޕަގެންޑާ ތަކުގެ ތެރޭގަ ސަރުކާރު "ޒިންމާ ކުރުވުން" ފަދަ ސްލޯގަންތައް ބޭނުންކުރޭ.  ޙަޤީޤަތަކީ މާލެ ސަރަޙައްދައް ދިމާކުރުވާފަ ހުރި މިދަންނަވާ ގޮންޖެހުން ތަކަކީ އެމް.ޑީ.ޕީ އިން ސީދާ ކޮށް ހިންގާފަ ހުރި ޖަރީމާ. އަދި ޖެހިގެން އައި ސަރުކާރު ތަކުން ދަމަހައްޓާފަ އޮތް ޖަރީމާ އެއް.

މި ޖަރީމާހިންގުމުގަ ކުރީގެ ހުރިހާ ސަރުކާރުތަކެއް ބައިވެރިވެ ކުރިޔަށްގެންގޮސްފަވޭ. 


މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެ ކުންފުންޏެއްގެ ދަށަށް ގެންގޮސް ޤާނޫނީ ގޮތުން ސިޓީ ކައުންސިލްއަށް އޮންނަން ޖެހޭ ބާރުތައް ނިގުޅައިގަނެ 2008 ގެވެރިކަމުން ފެށިގެން 2023ގެ ނޮވެމްބަރު 17 އާއި ހަމައަށް ބޭއްވިފައޮތުން. 
 

2008 އިން 2012 އަށް.   އެމް.ޑީ.ޕީ ސިޓީ ކައުންސިލް، އެމް.ޑި.ޕީ ވެރިކަން.  އެޗް.ޑީ.ސީ އުފައްދާ ކުންފުނި ދަށަށް ބާރުތައް ގެންދިޔަ.  މުނިސިޕަލް ބާރުތައް ގެންދަން ނުޖެހޭ ޙާލަތެއްގަ އޮތް ޙަސަދަވެރިކަމެއް ފިޔަވާ އެހެން 'އަސާސެއް' ނެތްކަމެއް.
2012 އިން 2013 ނޮވެމްބަރ
 16 ވެރިކަމަށް ޑރ. ވަޙީދު އަރުއްވާފަވެސް މިކަން އޮތްގޮތަށް ބޭއްވި.

2013 ނޮވެމްބަރު 17 އިން 2018 ނޮވެމްބަރު 16 އަށް ރަޢީސް ޔާމީން ވެރިކަމުގަވެސް މިކަން ބަދަލުނުކޮށް ބޭއްވި.
2018 ނޮވެމްބަރ 17 އިން 2023 ނޮވެމްބަރ 16 އަށް ރަޢީސް އިބޫ/އެމް.ޑީ.ޕީ ވެރިކަމުގަ ވެސް ޑރ. މުޢިއްޒުގެ މޭޔަރުކަމުގަ މިކަން ބަދަލުކުރަން ކޯޓަށް ވަޑައިގަތުމުން ދެކޮޅަށް ހިފާ ކޯޓު މެދުވެރިކޮށް އެކަން ހުއްޓުވި. ކުރިން އޮތްގޮތަށް އެކަން ދެމެހެއްޓި.   

މިއަދު މާލެ ސިޓީ ކައުންސިލް އަށް ވާދަ ކުރަށްވާ އިދިކޮޅު ފަރާތްތަކުން އެމީހުންގެ ބާރުވެރި ވެރިކަމެއް އޮތްއިރު މިކަން ނުކުރީ ކީއްވެތޯ ސުވާލު ކުރުމަކީ މާލެސިޓީގެ ވޯޓުލައްވާ ކޮންމެ ބޭފުޅަކުވެސް އެފަރާތްތަކާ ސުވާލު ކުރަންޖެހޭކަމެއް.

2023 ނޮވެމްބަރ 17 ގަ ޑރ. މުޢިއްޒު ވެރިކަން ފެށުމާއެކު  ރަޢީސް ޑރ. މުޢިއްޒުވަނީ ގޯތި ޙަރަކާތުން މާލެ ސިޓީގެ ހުޅުމާލެ ރަށްޔިތުން އެދުނު ގޮތަށް ހުޅުމާލެ މުނިސިޕަލް ހުރިހާކަމެއް ސިޓީ ކައުންސިލް އަށް ބަދަލުކުރަށްވަން ނިންމަވާ ޢިއުލާން ކުރަށްވާފަ. އަދި މިހާރު އެކަން އާބަންކޯ (އެޗް.ޑީ.ސީ) އަށް އަންގާ ޤާނޫނީ ހުރިހާކަމެއް ޑރ. މުޢިއްޒު މެޖޯރިޓީ އަދި އޮތް މާލެ ސިޓީ ކައުންސިލްއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށްޓަވާފަ. މީ ޑރ. މުޢިއްޒު އަށް މާލެ ސިޓީ ކައުންސިލް ޙައްޤުވާ އެއްސަބަބު. ރަޢިސް ޑރ. މުޢިއްޒު ގެ ކެންޑިޑޭޓަކީ އޒ. ޢާޒިމާ ޝުކޫރު. އަޅުގަނޑު ޤަބޫލް ކުރާގޮތުގަ އާޒިމާ އަކީ ޤާބިލް އަދި މިގޮންޖެހުންތަކާ ކުރިމަތިލެވޭ ޤާނޫނީ ހުނަރުވެރިކަން ހުރި ހަމައެކަނި ކެންޑިޑޭޓް.
 
2023 އިންތިޚާބްގަ ޑރ. މުޢިއްޒުއާ އަދި ގޯތި ޙަރަކާތާ ދެކޮޅަށް މަސައްކަތްކުރި ފަރާތްތަކުގެ ޕޯސްޓްތައް މިހާރުވެސް ސޯޝަލްމީޑިޔާގަ އެހުރީ ފެންނަށް. ސިޔާސީ މީހުން ރަށްޔިތުން ހައްދާ ހައްލުވާލަން ދައްކާ ދަޅައަށް ނުހެއްލުމަށް އަޅުގަނޑު އަދި ގޯތި ޙަރަކާތުގެ ފަރާތުން މާލެސިޓީ ލޮބުވެތި ރަށްޔިތުންނަށް އަދަބުވެރިކަމާ އެކު ދަންނަވާލަން.  ﷲގެ ރަޙްމަތްފުޅާއެކު ގޯތި ޙަރަކާތުގެ މަސައްކަތް ނިންމާލާނީ މާލެ ސިޓީގަ 18 ފުރިފަހުރި ކޮންމެ ފަރުދަކަށް ގޯއްޗެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، (ފުރުޞަތު މިހާރު ހުޅުވިފަ) އެކަން ތަންފީޒު ވުމުން. އިންޝާﷲ
 


މިއަދު އޮންލައިން