މިވަޤުތު މާލޭގެ މަގުތައްވަނީ ފެންބޮޑުވެފައެވެ. މަޖީދީމަގުގެ ގިން ސަރަޙައްދުތަކުގައި 1 ފޫޓަށް ވަނީ ފެންގަނޑު ބޮޑުވެފައެވެ. ޗާންދަނީ މަގުވެސް އެފަދަ ޙާލެއްގައެވެ. އަމީނީމަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައެވެ.
މެޓް އޮފީހުން ބުނަނީ ރޭ ފަތިހު 4 ޖެހިފަހުން މިހައިތަނަށް 62.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ގިނަ ޢަދަދެއް ނަމަވެސް ރެކޯޑް ޢަދަދެއް ނޫންކަމަށެވެ. އެންމެ ފަހުން މާލެއަށް އެންމެ ގިނައިން ވާރޭވެހުނު ދުވަހު މާގިނައިން ވެހުނު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިންދުމުގެ މަސައްކަތް ކުރެވެން އޮތް އެންމެ ބޮޑަކަށް ކުރަމުން ގެންދާ ކަމަށާއި އެގޮތުން 4 ސަރަހައްދެއްގައި މިހާރުވެސް މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ. އަދި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.