ކެންޕޭނުކުރަންވެސް ދޮގުހެދުމަކީ ﷲ އަށް ބިރުވެތިނުވާ، ﷲ ގެ ޢަދާވާތްތެރިން ނޫނީ ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކެންޕޭނުކުރަންވެސް ދޮގުހެދުމަކީ ﷲ އަށް ބިރުވެތިނުވާ، ﷲ ގެ ޢަދާވާތްތެރިން ނޫނީ ކުރާނެ ކަމެއް ނޫން!

ދޮގު ހެދުން ހުއްދަކުރައްވަވާފައިވަނީ ހަމަ އެންމެ ޙާލަތެއްގައެވެ. އެއީ ދެމީހެއްގެ ދެމެދުގައި ޞުލްޙަވެރިކުރުވުމެވެ. ވީމާ ކެންޕޭނު ކުރުން ފަދަ އެމީހެއްގެ އަމިއްލަ މަޞްލަޙަތު ކުރިއަރުވަން ކުރާ ކަންކަމުގައިވިޔަސް ދޮގު ހެދުމަކީ ﷲ އަށް ބިރުވެތިނުވާ، ﷲ ގެ ޢަދާވާތްތެރިން ނޫނީ ކުރާނެ ކަމެއް ނޫނެވެ. 

ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކުރާތަން ދެން ނުފެދިދާނެ ކަމުގެ ބިރު ހިތަށް އަރުވައިގެން ތިބި ގިނަ ޢަދަދެއްގެ ރައްޔިތުން މިހާރުތިބީ ވަރަށް އުފަލުންނެވެ. ނާއުންމީދު އުންމީދަށް ބަދަލުކޮށްދެއްވެވީތީ ﷲ ތަޢާލާއަށް ޙަމްދުކުރުމުގައެވެ. 

ވީމާ މިސަރުކާރާއިމެދު ރައްޔިތުން މާޔޫސްވެއްޖެ ކަމަށް ބުނެ ދޮގުހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ގިނަ ބައަކު ތިބީ ވަރަށް އުފަލުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ނުދިން ގިނަ ބައަކުވެސް މިހާރު ގެންދަނީ އެމަނިކުފާނުގެ ސިޔާސަތިތަކަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ގެއްލެމުން ދިއަ ދީނީ އެއްބައިވަންތަކަމާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރެވޭނެ ކަމުގެ އުންމީދު ލިބޭތީއެވެ. އެކަންކަމަށް ޢަމަލީ ސިފަ އަންނަމުންދާތަން ފެންނަމުންދާތީއެވެ. ހުސްވެފައި ހުރި ދައުލަތުގެ ތިޖޫރީތަކަށް އަލުން މުއްސަނދިކަން ލިބިދާނެ ކަމުގެ އުންމީދު ލިބުމުންނެވެ. ކޮރަޕަޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ލިބުމުންނެވެ. 

ޜާއްޖެއާއި ސަޢުދިޢަރަބިޔާގެ ގުޅުން ބަދަހިވެ ޙައްޖު ކޯޓާ އަލުން އިތުރުވާނެ ކަމުގެ އުންމީދުލިބުން ފަދަ އެތައް އުފާވެރި ކަންތައްތަކެއް މިއަދު އަންނަނީ ފެންނަމުންނެވެ. އަދި 2 މަސްނުވާ ސަރުކާރަކުން މިހާރުވެސް ހޯދާފައިވާ ކާމިޔާބީތައް ގިނަކަމުންނެވެ.

 

މިއަދު އޮންލައިން