ތިލަފުށިީގެ ބިން ހިއްކާ ނިމުމުން ހިލަ، ހިލަވެހި އަދި ބޯޓު ޔާޑް ސަޕްލައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗް ފްރޮންޓުން ޖާގަ ހަމަޖެހޭނެ: ފަޒުލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިލަފުށިީގެ ބިން ހިއްކާ ނިމުމުން ހިލަ، ހިލަވެހި އަދި ބޯޓު ޔާޑް ސަޕްލައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗް ފްރޮންޓުން ޖާގަ ހަމަޖެހޭނެ: ފަޒުލް

ތިލަފުށިީގެ ބިން ހިއްކާ ނިމުމުން ހިލަ، ހިލަވެހި އަދި ބޯޓު ޔާޑް ސަޕްލައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ބީޗް ފްރޮންޓުން ޖާގަ ހަމަޖެހޭނެކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

ތިލަފުށިން 5.9 ހެކްޓަރުގެ ސަރަޙައްދެއް އޭރިއާ އީ ގެ ދަށުން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އާބަންކޯއާއި ޗައިނާގެ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިލަފުށި އޭރިއާ އީ ގެ ބިން ހިއްކުމުގެ މަސައްކަތް ފަސޭހަ ނުވިނަމަވެސް، މަސަައްކަތްތައް ނިމުމުން އޭގެ ފޮނިމީރުކަން ދިވެހިންނަށް ލިބިގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ.

އާބަންކޯއިން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަމަށް ކަމަށެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން