ކުރިއަށް އޮތް ފަސް އަހަރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކައި، ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ކުރިއަށް އޮތް ފަސް އަހަރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކައި، ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސަނީ!

ކުރިއަށް އޮތް ފަސް އަހަރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކައި، ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ޗައިނާ ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން އެދުމުން އެކަމަށް ޗައިނާއިން ފުރިހަމައަށް އިޖާބަ ދީފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރު ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކާ ދިގު ދައްމާލަން މަޝްވަރާކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ޗައިނާގެ ރައީސަށް އެކަންތައް ހުށަހެޅުމުން ވަގުތުން، ރަސްމީ ޓޯކްސްގައި އެކަމާބެހޭ ގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވާ ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކައި، ގްރޭސް ޕީރިއަޑެއް ލައި، ވީހާވެސް ލުއި ގޮތަކަށް އެ ލޯނުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެތަނުގެ ފިނޭންސް މިނިސްޓްރީ އާއި ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ" ކަމަށެވެ.

މިއަދު އޮންލައިން