އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަ ކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަ ކުރަން ނިންމައިފި

އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަ ކުރަން ސަރުކާރުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވިފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ, ރަށްރަށުގެ ކައުންސިލްތަކާއި ޖަމާއަތްތަކާއި ގުޅިގެން އިސްލާމީ މުހިންމު ދުވަސްތައް ކުލަ ގަދަކޮށް ފާހަގަ ކުރަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ދެ އީދު ދެ ދުވަހާއި, ރާއްޖެ އިސްލާމްވީ ދުވަހާއި ރޯދަ މަސް ފަދަ ދުވަސްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ފާހަގަ ކުރަން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން