ވަކި މާއްދާއެެއްގެ ގޮތުގައި، "ދިވެހި ގައުމިއްޔަތު" ކިޔަވައި ދިނުމަށް މަންހަޖުގައި ހިމަނަން ނިންމައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވަކި މާއްދާއެެއްގެ ގޮތުގައި، "ދިވެހި ގައުމިއްޔަތު" ކިޔަވައި ދިނުމަށް މަންހަޖުގައި ހިމަނަން ނިންމައިފި

ދިރާސީ އާ އަހަރު ފަށާއިރު، ދިވެހި ގައުމިއްޔަތު ކިޔެވުމަށް ވަކި މާއްދާއެެއްގެ ގޮތުގައި ކިޔަވާ ދިނުމަށް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ނިންމައިފިއެވެ.

މިއީ ޖެނުއަރީ 10 ވަނަ ދުވަހު ސޯޝަލް ކައުންސިލުގެ ބައްދަލުުމުގައި ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ކިޔެވުމަށް ވަކި މާއްދާއެެއްގެ ގޮތުގައި ކިޔަވާ ދިނުމަށް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމާއި ގުޅޭގޮތުން ތައުލީމާއި ބެހޭ ވުޒާރާއިން ހުށަހަޅާފައިވާ މައްސަލައިގައި އަމަލު ކުރާނެ ގޮތްތަކެއް ނިންމެވުނު ކަމަށެވެ.

މިއީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގްސަދުގައި ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ގައުމީ މަންހަޖުގައި މި މާއްދާ ހިމަނާއިރު، އެކަން ރައީސް އޮފީހުގައި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން