ޓެޓޫ ޖެހުމަކީ ހަރާމްކަމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޓެޓޫ ޖެހުމަކީ ހަރާމްކަމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއްޖެ

ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.

ޓެޓޫ ޖެހުމުގެ ހުކުމާއި ގުޅޭގޮތުން ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައިި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައްކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފައެވެ.

އޭގައި ވާގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި،އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

"އެއީ، މިކަމަކީ، މާތްﷲ ހައްދަވާފައިވާ މަހްލޫގެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ.". އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެފައި ވެއެވެ.

 

މިއަދު އޮންލައިން