މާރިޗް މަހުގެ 15 ގެ ކުރިން އިންޑިއާގެ ސިފައިން ބާލަން ސަރުކާރުން ރަސްމީކޮށް އިންޑިއާއަށް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
މާރިޗް މަހުގެ 15 ގެ ކުރިން އިންޑިއާގެ ސިފައިން ބާލަން ސަރުކާރުން ރަސްމީކޮށް އިންޑިއާއަށް އަންގައިފި

މާރިޗް މަހުގެ 15ގެ ކުރިން އިންޑިއާގެ ސިފައިން ބާލަން ސަރުކާރުން ރަސްމީކޮށް އިންޑިއާއަށް އަންގައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމެވެ. ނާޒިމް ވިދާޅުވީ, މާރިޗް 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން މިހާރު ކުރިޔަށްދާ އިންޑިއާ އަދި ރާއްޖޭގެ ހައި ލެވެލް ޓޯކްސްގައި އެދިލައްވާފައިވާ ކަމަށެވެ.

އިންޑިއާ އަދި ރާއްޖޭގެ އިސް އޮފިޝަލުން ހިމެނޭހެން އިންޑިއާ ސިފައިންގެ މައްސަލައިގައި ފޮރިން މިނިސްޓްރީގައި މިހާރު ވެސް ބައްދަލުވުމެއް ކުރިޔަށް އެބަދެއެވެ. ނާޒިމް ވިދާޅުވީ, ރައީސްގެ އެދިލެއްވީ އެއްވެސް މަސައްކަތެއް ކުރުމުގައި ސިފައިން ހަރަކާތްތެރި ނުވުމަށެވެ.

"ޑޯނިއާ އޮޕަރޭޓް ކުރުމާއި މިފަދަ ކަންކަމުގައި ވިޔަސް, މިލިޓަރީ ބޭފުޅުން ތިއްބެވިނަމަ, މިލިޓަރީ ބޭފުޅުން މި ޤައުމު ދޫކޮށް ދާން ޖެހޭނެ ކަމަށާއި, އެކަން ކުރުމުގައި ސިވިލިއަން ތިބުން އެންމެ ރަނގަޅު ކަަމަށް މަޝްވަރާ ކުރެވިގެންދަނީ،" ނާޒިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން